Advertisement
ކ. މާލެ
|
29 ޖުލައި 2017 | ހޮނިހިރު 20:21
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
ޓްވިޓަރ
ގާސިމް އިބްރާހިމް
އިންޑިއާގެ ސަފީރު، ގާސިމާ ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ ކުނޫޒުގައި

ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޝްރީ އަކިލޭޝް މިޝްރާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފިއެވެ.

ހޮނިހިރު ދުވަހު މެންދުރު ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި މި ބައްދަލުވުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ.  ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި މި ދެ ބޭފުޅުންގެ ބައްދަލުވުން ގާތްގަނޑަކަށް ދެ ގަޑިއިރަށް ދެމިގެން ދިޔައެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ، ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ހައްޔަރުކޮށްފައިވާ މި ދަނޑިވަޅުގައި މިޝްރާ، ގާސިމާ ބައްދަލުކުރެއްވީ ކޮން ބޭނުމެއްގައި ކަމެއް ނޭނގެއެވެ.  

ޖީއެމްއާރު ރާއްޖޭން ބޭރުކޮށްލި ފަހުން، އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަނީ ގޯސްވެފައެވެ. އިންޑިއާއިން ރާއްޖެއަށް މާބޮޑު ފާޑުކިޔުމެއް އަމާޒު ނުކުރިޔަސް، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖައްސާފައި އޮތް ދަތުރު ކެންސަލް ކުރިކުރުމުން ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ މިންވަރު ހާމަވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް