ކ. މާލެ
|
19 ޑިސެންބަރ 2023 | އަންގާރަ 12:00
އާރުއޭސީއެލްގެ އެމްޑީއާއި ކުޅުދުއްފުށީ ސިޓީ މޭޔަރު
އާރުއޭސީއެލްގެ އެމްޑީއާއި ކުޅުދުއްފުށީ ސިޓީ މޭޔަރު
ރީޖަނަލް އެއާޕޯރޓްސް ކޮމްޕެނީ
ޓުއަރިޒަމް ޒޯން
ކުޅުދުއްފުށި އެއަރޕޯޓް ކައިރި އޮތް ހުސް ބިމުގައި ޓުއަރިޒަމް ޒޯނެއް ތަރައްގީކުރަނީ
 
އާރްއޭސީއެލްގެ ފަރާތުން ޓުއަރިޒަމް ޒޯން ތަރައްޤީކުރުމަށް ބޭނުންވާ ފަންޑިންގ ނުވަތަ އިންވެސްޓަރުން މި އެއްބަސްވުމުގެ ދަށުން ހޯދާނެ

ކުޅުދުއްފުށި އެއަރޕޯޓް ކައިރި އޮތް ހުސް ބިމުގައި ޓުއަރިޒަމް ޒޯނެއް ތަރައްގީކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ ރީޖަނަލް އެއެރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ (އާރްއޭސީއެލް) މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީން ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ކައުންސިލްގެ މެމްބަރުންނާއި ބައްދަލު ކުރަށްވައެވެ.

އެމްއޯޔޫގައި ސޮއިކުރެވިފައިވަނީ އެއަރޕޯޓް އިންވެގެން ކުޅި ހިމެނޭހެން އުތުރަށް އޮތް ހުސްބިމުގައި ޓުއަރިޒަމް ޒޯނެއް ތަރައްޤީކުރުމަށާއި، އަދި އާރްއޭސީއެލްގެ ފަރާތުން ޓުއަރިޒަމް ޒޯން ތަރައްޤީކުރުމަށް ބޭނުންވާ ފަންޑިންގ ނުވަތަ އިންވެސްޓަރުން ހޯދުމަށެވެ.

އާރްއޭސީއެލްގެ ފަރާތުން މައޫލޫމާތު ލިބުނު ގޮތުގައި، މި މަޝްރޫޢުގެ އެންމެ މައިގަނޑުއެއް ބޭނުމަކީ، މިވަގުތު އެބިމަކީ ބޭނުމެއް ނުކުރެވި އޮތް ހުސްބިމަކަށްވާތީއާއި ކުޅުދުއްފުއްޓަށާއި އަދި ކުޅުދުއްފުށީގެ ރައްޔިތުންނަށްވެސް އެންމެ މަންފާކުރާނެ މަޝްރޫޢެއް އެބިމުގައި ކުރުން ކަމަށް އާރުއޭސީއެލް އިން ބުނެއެވެ.

މި މަސައްކަތުގެ ސަބަބުން، ކުޅުދުއްފުށި ސިޓީ އާއި ކުޅުދުއްފުށީގައިވާ އެހެނިހެން ގެސްޓްހައުސްތަކާއި ވިޔަފާރިތައް އިތުރަށް ދުނިޔޭގައި މާކެޓްވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިފަދަ މަޝްރޫއެއްގެ ސަބަބުން، ކުޅުދުއްފުށި އެއަރޕޯޓަށް ފްލައިޓް މޫވްމަންޓަތައް އިތުރުވެގެން ދާނެއެވެ. އަދި އިގްތިސާދީ އިތުރު ކުރިއެރުން ރަށަށް ގެނައުވައިދީ އިތުރު ވަޒީފާގެ ފުރުޞަތު އުފައްދައި ދިނުމަކީ އާރްއޭސީއެލްގެ އެއް އަމާޒެވެ.

މުބީން އާރްއޭސީއެލް އާއި ހަވާލުވެވަޑައިގެންފަހުން، ވަރަށް ގިނަ މަސްރޫޢުތަކެއް ފެށުމަށާއި، އިންގިލާބީ ބަދަލެއް ކުންފުންޏަށް ގެނައުމަށް ދަނީ ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މުބީންގެ އަމާޒަކީ، އިތުރު ކޮމާޝަލީ ވައިބަލް ވާ މަޝްރޫޢުތަކަށް އިންވެސްޓްކޮށް ސަރުކާރުގެ މާލީއެހީއަށް ބަރޯސާވެފައި އޮތްއޮތުން ކުރިއަށް އޮތް 03 އަހަރު ތެރޭ ނިމުމަކަށް ގެނެސް، ފައިދާ ނެރޭ ކުންފުންޏަކަށް ހެދުމެވެ.

އާރްއޭސީއެލްގެ ފަރާތުން ޖުމްލަ 7 އެއަރޕޯޓެއް އޮޕަރޭޓްކުރަމުން ދެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް