ކ. މާލެ
|
2 ޖެނުއަރީ 2024 | އަންގާރަ 07:21
ޕީއެސްޖީ އަށް ސޮއިކުރި ބްރެޒިލްގެ ބެރާލްޑޯ
ޕީއެސްޖީ އަށް ސޮއިކުރި ބްރެޒިލްގެ ބެރާލްޑޯ
ޓްވީޓަރ
ޕީއެސްޖީ
ބްރެޒިލްގެ ޒުވާން ބެރާލްޑޯ ޕީއެސްޖީ އަށް
 
ޕީއެސްޖީ އާއެކު އޭނާ ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ބްރެޒިލްގެ ސައު ޕައުލޯ އަށް ކުޅެމުން އަންނަ ޒުވާން ކުޅުންތެރިޔާ ލޫކަސް ބެރާލްޑޯ، ފްރާންސް ލީގުގެ ޕެރިސް ސެއިންޓް ޖާމަން ޕީއެސްޖީ އަށް ބަދަލުވެއްޖެ އެވެ.

އުމުރުން 20 އަހަރުގެ ޑިފެންޑަރު ޕީއެސްޖީ އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޕީއެސްޖީ އާއެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާ ހޯދުމަށް ޕީއެސްޖީން ވަނީ 20 މިލިއަން ޔޫރޯ ޚަރަދުކޮށްފަ އެވެ.

ޕީއެސްޖީ އަށް ސޮއިކުރުމަށްފަހު ވާހަކަދައްކަމުން އޭނާ ބުނީ، ޕީއެސްޖީ ކަހަލަ ބޮޑު ކުލަބަކަށް ބަދަލުވެވުމުން އުފާވާ ކަމަށެވެ. އަދި ބޭނުންވަނީ ޕީއެސްޖީ އާއެކު އެންމެ ކުރިއަށް ދާން ކަމަށާއި، ގިނާ ކާމިޔާބީތައް ހޯދަން ބޭނުންވާ ކަމުގަައި ވެސް އޭނާ ބުންޏެވެ. އިތުރަށް އޭނާ ބުނީ، ޕީއެސްޖީގެ ޖާޒީގައި ކުޅުމަށް ކެތްމަދުވެފައި ހުރި ކަމަށެވެ.

ސައު ޕައުލޯ އިން 2022 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ބެރާލްޑޯ ވަނީ އެ ކުލަބަށް 48 މެޗު ކުޅެދީ އެއް ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ކޮޕާ ބްރެޒިލް ކާމިޔާބުކޮށްފަ އެވެ. ބެރާލްޑޯ އަކީ ބްރެޒިލްގެ ޒުވާން އުމުރުފުރާގެ ޤައުމީ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ. އުމުރުން 20 އަހަރުން ދަށުގެ ޤައުމީ ޓީމުން އޭނާ އަށް ޖާގަ ލިބުނީ ވެސް 2022 ވަނަ އަހަރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް