ކ. މާލެ
|
1 ޖެނުއަރީ 2024 | ހޯމަ 07:18
ޕީއެސްޖީ އަށް ކުޅެމުން އަންނަ ނޫނޯ މެންޑޭސް
ޕީއެސްޖީ އަށް ކުޅެމުން އަންނަ ނޫނޯ މެންޑޭސް
ޓްވީޓަރ
ޕީއެސްޖީ
ނޫނޯ މެންޑޭސް އަށް ފެބްރުވަރީ މަހު ކުޅުމުގެ ތެރެއަށް އާދެވޭނެ!
 
އުމުރުން 21 އަހަރުގެ ޒުވާން ކުޅުންތެރިޔާ އަށް އަނިޔާވެފައި ވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައި

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޑިފެންޑަރު ނޫނޯ މެންޑޭސް އަށް ފެބްރުވަރީ މަހު އަލުން އަނބުރާ ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށް ލަފާކޮށްފި އެވެ.

އުމުރުން 21 އަހަރުގެ ޒުވާން ކުޅުންތެރިޔާ އަށް އަނިޔާވެފައި ވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އޭނާ ހުންނަނީ ކުޅުމާ ދުރުގަ އެވެ. މިހާތަނަށް މެންޑޭސް އަށް ވަނީ ޕީއެސްޖީގެ 32 މެޗެއް ގެއްލިފަ އެވެ. މިވަގުތު އޭނާ އަނިޔާގައި ހުރުމަކީ ޕީއެސްޖީން ވެސް ކަންބޮޑުވާ ކަމެކެވެ. ޕީއެސްޖީން މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް އަވަހަކަށް އޭނާގެ އަނިޔާ ރަނގަޅުވެ، ކުޅުމުގެ ތެރެއަށް ގެނެވޭތޯ އެވެ.

ޕީއެސްޖީގެ މެޑިކަލް ޓީމާ ހަވާލާދީ ފްރާންސްގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން ފެބްރުވަރީ މަހު އޭނާ އަށް ކުޅުމުގެ ތެރެއަށް އާދެވޭނެ އެވެ. ނަމަވެސް އެކަން ބިނާވެގެން ދާނީ އޭނާގެ ރިކަވަރީގެ ކަންކަން ކުރިއަށް ދާ ގޮތެއްގެ މައްޗަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ. ފްރާންސްގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން، ޕީއެސްޖީން އައު ޑިފެންޑަރެއް ހޯދުމުގެ މަސައްކަތް ކުރާނީ ވެސް މެންޑޭސްގެ އަނިޔާގެ ކަންތައްތަކަށް ބެލުމަށްފަހު އެވެ.

މެންޑޭސް ވަނީ މިހާތަނަށް ޕީއެސްޖީ އަށް 69 މެޗު ކުޅެދީ، ދެ ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ފްރާންސް ލީގު ދެ ފަހަރު އަދި ޓްރޮފީ ޑީ ޗެމްޕިއަންސް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް