ކ. މާލެ
|
1 ޖެނުއަރީ 2024 | ހޯމަ 07:06
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑު
ޓެން ހާގަށް ޕްރެޝަރު، ބުނަނީ ނަތީޖާ ނެރެން ޖެހޭ ކަމަށް!
 
މެޗަށްފަހު ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، ނަތީޖާ އަކީ ޤަބޫލު ކުރެވޭ ނަތީޖާއެއް ނޫން ކަމަށް

މި ސީޒަންގައި ނަތީޖާތައް ދަށްވެފައިވާ މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

ޔުނައިޓެޑާ ހަވާލުވެ ކުރީކޮޅު ޓެން ހާގާއެކު އެ ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރުނު ނަމަވެސް، މި ސީޒަންގައި އެ ޓީމުގެ ނަތީޖާތައް ވަނީ އިންތިހާ އަށް ދަށްވެފަ އެވެ. ޚާއްސަކޮށް އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް އެ ޓީމަށް ނަތީޖާ ނުނެރެވެ އެވެ. އެއާއެކު ޓެން ހާގަށް ޕްރެޝަރު ބޮޑުވާކަމަށް އަބަދުވެސް މީޑިއާތަކުން ރިޕޯޓުކުރެ އެވެ.

އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުން ވެސް ޔުނައިޓެޑު ވަނީ ބަލިވެފަ އެވެ. އެއީ ފާއިތުވި 20 އަހަރުގެ ތެރޭގައި ނޮޓިންހަމް ފޮރެސްޓަށް ޔުނައިޓެޑު އަތުން ހޯދުނު ފުރަތަމަ މޮޅެވެ. އެ މެޗަށްފަހު ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، ނަތީޖާ އަކީ ޤަބޫލުކުރެވޭ ނަތީޖާއެއް ނޫން ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ނަތީޖާއާމެދު ޔުނައިޓެޑުގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. ޔުނައިޓެޑުން އެ ޓީމުގެ ކުޅުމާއި، ނަތީޖާ ރަނގަޅު ކުރަން ޖެހޭކަން ފާހަގަކޮށް އޭނާ ބުނީ، އަބަދު ކުޅެން ޖެހޭނީ އެއް ފެންވަރެއްގެ ޓީމުތަކާ ދެކޮޅަށް ނޫން ކަމަަށެވެ.

މީގެ އިތުރުން އޭނާ ބުނީ، އަބަދުވެސް ޓީމަށް ބަދަލުތަކެއް ގެންނަމުންދާ ކަމަށާއި، އަނެއްކާ ވެސް ޓީމަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އޭނާ ބުނީ ޓީމަށް ބަދަލެއް ގެންނަ ކޮންމެ ފަހަރަކު، އެކަމުން ޓީމަށް ފައިދާ ނުވާ ކަމަށެވެ. ބައެއް ޙާލަތްތަކުގައި އެންމެ ބޭނުންނުވާ ނަތީޖާއާ ކުރިމަތިލާން ޖެހޭ ކަމުގައި ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ. ނަމަވެސް، އޭނާ ދެކޭ ގޮތުގައި ޔުނައިޓެޑުގެ ނަތީޖާތައް ރަނގަޅުކޮށް، އަލުން ޓީމު ހަމަ މަގަށް އެޅުވޭނެ އެވެ.

ލީގު ތާވަލްގައި ޔުނައިޓެޑު އޮތީ ހަތް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ކުޅުނު 20 މެޗުން 31 ޕޮއިންޓު ހޯދައިގެންނެވެ. މި ސީޒަންގެ ލީގުގައި އެ ޓީމު މޮޅުވެފައި ވަނީ 10 މެޗުންނެވެ. ނުވަ މެޗަކުން ބަލިވެފައިވާއިރު، އެއް މެޗު ވަނީ އެއްވަރުވެގެން ނިމިފަ އެވެ. ލީގުގައި ދެން ޔުނައިޓެޑަށް އޮންނާނީ އަމިއްލަ ދަނޑުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް