Advertisement
ކ. މާލެ
|
29 ޖުލައި 2017 | ހޮނިހިރު 17:02
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު
ގޫގުލް
މެންބަރުންްގެ ގޮނޑިގެއްލުން
ގޮނޑި ގެއްލުވާލުމުގެ ބާރު އީސީން ނަގާއިރު އެކަން ސުޕްރީމް ކޯޓުން ބަލަންޖެހޭ: އަލީ ޒާހިރު
ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ވަނީ ކަނޑައަޅާފައި
މައްސަލަ ނުނިމި ދިގުލައިގެން ދިއުމަކީ ކަންބޮޑުވާ ކަމެއް
މެމްބަރުންގެ ގޮނޑި ގެއްލުވާލީ ސަރުކާރުގެ މެޖޯރިޓީ ދިއުމުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ބާރު އިލެކްޝަންސް ކޮމިޝަނުން ނަގާއިރު ސޕްރީމް ކޯޓުން އެކަން ބަލަން ޖެހޭނެކަަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެެވެ.

 

ހޮނިހިރު ދުވަހު އަލީ ޒާހިރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ގަނޫނު އަސާސީގެ 74 ވަނަ މާއްދާއަށް ބަލާއިރު، މަޖިލިސް ގޮނޑިއާއި މެދު، ބަހެއް ބުނުމުގެ އަސްލީ އިހްތިސާސް އޮތީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ދަށު ކޯޓު މެދުވެރިކޮށް އެބާރު ނަގަމުންދާއިރު ސުޕްރީމް ކޯޓުން އެކަން ބަލަން ޖެހޭނޭކަމަށެެވެ.

އިންސާފު ލިބުން ލަސްވުމަކީ އިންސާފު ނުލިބުންކަމަށް އިޝާރާތް ކުރައްވާ އަލީ ޒާހިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މެންބަރުންތަކެއްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅިފައިވާ، މައްސަލަ ނުނިމި ދިގުލައިގެން ދިއުމަކީ ކަންބޮޑުވެވަޑާއިގަންނަވާ ކަމެއްކަމަށެވެ.

ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރި ދާއިރާގެ މުހައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާން އަދި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. އިލެކްޝަންސްގެ އެ ނިންމުން ބާތިލް ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ އޭގެ ތެރެއިން ވަހީދާއި އަމީތާއި ސައުދު އަދި ލަތީފް އެވެ.

 

މަޖިލިހުގެ މެމްބަރުން ނޫން ކަމަށް އިލެކްޝަންސް އިން ކަނޑައަޅާފައިވަނިކޮށް، ވަހީދާއި އަމީތާއި ސައުދު މިދިޔަ ހޯމަ ދުވަހު މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަތް މައްސަލައިގައި ހައްޔަރުކޮށް އެ ބޭފުޅުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް