ކ. މާލެ
|
30 ޑިސެންބަރ 2023 | ހޮނިހިރު 12:28
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ގޫގުލް
މާރާމާރީގެ މައްސަލަތައް
މާރާމާރީގެ މައްސަލައެއްގައި 21 އަހަރުގެ އިންޑިއާ މީހަކު ބަންދުކޮށްފި
 
އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 12 ޖެނުއަރީ 2024 ގައި
 
ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައި

މާރާމާރީގެ މައްސަލައެއްގައި އުމުރުން 21 އަހަރުގެ ބިދޭސީއަކު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ބަންދުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ބިދޭސީއެކެވެ.

އޭނާ ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 12 ޖެނުއަރީ 2024 ގައެވެ.

ކްރިމިނަލް ކޯޓުން ބުނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާކަމަށެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ޙާދިސާ ރިޕޯޓާއި، ސީސީޓީވީ ފުޓޭޖް ސްނެޕް ޝޮޓް ހުށަހަޅާފައިވެއެވެ.

މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، ލަކުޑި ފަތިބުރިއެއް، އަދި ގާބުރިއަކުންވެސް އޭނާ މީހަކަށް ޙަމަލާދޭ މަންޒަރު ފެންނަކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ މުުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ އިބްރާހިމް އިޙްސާންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
100%
0%
0%
0%
ކޮމެންޓް