Advertisement
ކ. މާލެ
|
29 ޖުލައި 2017 | ހޮނިހިރު 13:47
އާޒިމާ އަކީ ރައީސް ޔާމީން ސަރުކާރުގެ ލީގަލް އެފެއަރޒް މިނިސްޓަރ
އާޒިމާ އަކީ ރައީސް ޔާމީން ސަރުކާރުގެ ލީގަލް އެފެއަރޒް މިނިސްޓަރ
ރައީސް އޮފީސް
އާޒިމާ ޝަކޫރު
އާޒިމާ އުއްތަމަ ފަނޑިޔާރު ކަމަށް؟!
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވަކި ކުރާ އަޑުތައްވެސް ވަނީ ފެތުރިފައި
ރައީސް ޔާމީން ވިދާޅުވި ދުސްތޫރީ މައްސަލަތަކަށް ބާރު ލިބޭ ގޮތައް އާޒިމާ ވެސް ގެންދަވަނީ ވާހަކަ ދައްކަވަމުން
ގިނަ މެމްބަރުން ގެންދަވަނީ މިކަމުގެ މައުލޫމާތު ލިބިފައިވާ ކަން ހާމަ ކުރައްވަމުން

އައިޝަތު އާޒިމާ ޝަކޫރު ސްޕްރީމް ކޯޓުގެ އިސް ފަނޑިޔާރު ނުވަތަ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް ހަމަ ޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ގަދަވާން ފަށައިފިއެވެ.

ރަސްމީ ސިފައެއްގައި ކަމާބެހޭ އެއްވެސް ފަރާތުން މިކަމާ ބެހޭ ގޮތުން އެއްޗެއް ހާމަކޮށްފައި ނެތް ނަމަވެސް، ސޯޝަލް މީޑިއާގައި މިވާހަކަ ވަރަށް ބޮޑަށް ދައުރުވަމުން ދާކަން ފާހަގަ ކުރެވެއެވެ. ސީދާ ގޮތުންނާއި ނުސީދާ ގޮތުން މި ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާ ބައެއް އެހެން ފަރާތްތަކުންވެސް ގެންދަވަނީ ހާމަ ކުރައްވަމުންނެވެ.

މަޖިލީހުގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެފައިވަނީ، ރާއްޖޭގެ ސްޕްރީމް ކޯޓުގެ ޗީފް ޖަޖްގެ މަގާމަށް އެހެން މީހަކު އަތުވެދާނެ ކަމުގެ ވާހަކަ އާއި ރާއްޖޭގެ ސްޕްރީމް ކޯޓް ބޮޑު ބަދަލަކާ ދިމާލަށް ދާން އުޅޭ ޚަބަރު ވަރަށް ބާރަށް އެބަ ފެތުރޭ ކަމަށެވެ.

 

މިކަމާބެހޭ ގޮތުން ހޮނިހިރު ދުވަހު މެންދުރު މެމްބަރު އަހްމަދު މަހްލޫފް ހާމަކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އާޒިމާ ސްޕްރީމް ކޯޓަށް އައްޔަން ކުރައްވަން ރައީސް ޔާމީން ބޭނުންފުޅުވަނީ، މިހާރު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދު އެ މަގާމުން ވަކި ކުރެއްވުމަށް ކަމުގައެވެ.

 

 

 

މެމްބަރު މާރިޔާ އަހްމަދު ދީދީވެސް ވަނީ ނުސީދާ ގޮތެއްގައި މިކަމުގެ ޚަބަރު ލިބިވަޑައިގެންފައިވާ ކަން ދޭހަވާ ގޮތައް ޓްވީޓެއް ކުރައްވާފައެވެ.

 

 

 

އާޒިމާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ހަމަޖައްސަވަން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް، މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބް ކުރައްވާ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ވެރިކަން ހިންގުމުގައި ދުސްތޫރީ މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަށް ބާރު ލިބޭ ގޮތައް އާޒިމާ ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ސަރުކާރުގެ މީޑިއާ ޕީ.އެސް.އެމް އިން ރިޕޯޓު ކޮށްފައިވެއެވެ. ޕީ.އެސް.އެމް އިން ހާމަކޮށްފައިވާ ޚަބަރުގައި އާޒިމާ އާ ހަވާލާދީ ބުނެފައިވަނީ ގައުމުގެ އިސްވެރިޔަކަށް ހުންނަވާ މީހާ ޤައުމު ވަކި އަމާޒަކަށް ގެންދިއުމަށް މަސައްކަތްކުރާއިރު، އެހެނިހެން ދިމަދިމާއިން އެ މަސައްކަތްތައް ހުއްޓުވައި ހިފަހައްޓާތަން ފެންނަކަމަށާއި، އަދި އެކަމަށް މިސާލު ޖައްސަވަމުން ރައީސް ޔާމީން ސަރުކާރުން އިގްތިސާދީ ތަރައްގީއަށް އަމާޒު ހިފާފައިވާއިރު އެ އަމާޒަށް ވާސިލްވިޔަ ނުދިނުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށެވެ.

ގައުމުގެ ވެރިޔަކަށް ހުންނަ މީހަކަށް ފަސޭހަވާ ގޮތައް ކަންކަން ބައްޓަން ވެފައި ހުންނަން ޖެހޭނެ ކަމަށް ވިދާޅުވެ އާޒިމާ ވާހަކަފުޅު ދައްކަވާފައިވާއިރު، ރައީސް ނަޝީދުގެ ސަރުކާރުން ރާއްޖެއަށް ގެނައި އިގްތިސާދީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމުގައި ބެލެވުނު ހުޅުލޭގައި ގާއިމްކޮށްފައިވާ އެއަރޕޯޓު ތަރައްގީ ކުރުމަށް ޖީއެމްއާރު އަށް ހަވާލު ކުރެވުނު މަޝްރޫއު ފޭލްކޮށްލުމުގައި އާޒިމާ ވަނީ އިސް ދައުރެއް އަދާ ކުރައްވާފައެވެ. އަދި އޭނާއަކީ އޭރުގެ ސަރުކާރަށް ދަތިތައް ކުރިމަތި ކުރުމަށް ގާނޫނީ ގޮތުން ގިނަ ހުއްޖަތުތަކެއް ޓީވީތަކުގައި ދައްކަވަމުން ގެންދެވިކަން ފާހަގަކުރެވިފައިވާ ފަރާތެކެވެ. މިގޮތުން، ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތް ކުރާ މީހުންނަށް މުސާރަ ދެނީ ދައުލަތުން ކަމަށާއި، ސަރުކާރަށް ވަފާތެރިވާން ނުޖެހޭނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޖީއެމްއާރު ބޭރުކޮށްލުމުގައި، ވަހީދު ސަރުކާރުގެ ބަންޑަރާ ނައިބުގެ ހައިސިއްޔަތުން ދައުލަތައް އާޒިމާ ދެއްވި "ވޮއިޑް އެން އިނީޝިއޯ"ގެ ގޮތުގައި މަޝްހޫރު ވެގެން ދިޔަ ގާނޫނީ ލަފައަކީ، ގޯސް ލަފައެއްކަން ސިންގަޕޫރު އާބިޓްރޭޝަން ކޯޓުގައި ހާމަވެ، އޭގެ ސަބަބުން ދިވެހި ސަރުކާރުން ބަދަލުގެ ގޮތުގައި ޖީއެމްއާރަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހުނުކަން ވަނީ ފާހަގަ ކުރެވިއެވެ.

ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އާޒިމާ ހަމަޖެއްސުމަށް އުޅޭ ކަމުގެ ވާހަކަތައް ފެތުރިފައިވާ މި ދަނޑިވަޅުގައި އެކަމާ މެދު ހިތްހަމަ ނުޖެހުން އާއްމުންގެ އެތައް ބަޔަކުވެސް ގެންދަނީ ސޯޝަލް މީޑިއާގައި ފާޅުކުރަމުންނެވެ.

  ކުރީގެ އިލެކްޝަންސް ކޮމިޝަނަރ ފުވާދު ތައުފީގް ވިދާޅުވީ، އާޒިމާ އަކީ 2013 ވަނަ އަހަރު މަގާމުގައި ހުންނަވަނިކޮށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ މަގާމު ގެއްލިފައިވާ ފަރާތެއް ކަމަށެވެ. އެހެން ކަމުން އާޒިމާއަކީ މީހުންގެ އިތުބާރު ގެއްލިފައިވާ ބޭފުޅެއް ކަމަށެވެ.

 

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ، ދުސްތޫރީ މައްސަލަތަކުގެ ވާހަކަ ސަރުކާރުން ދައްކަންފެށީ، ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣްލަބިއްޔަތު ސަރުކާރަށް ގެއްލިއްޖެކަން އިހްސާސް ކުރެވުމުން ކަމަށާއި، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ އޮތް އިރު، ދުސްތޫރީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް
29 ޖުލައި 2017 | ހޮނިހިރު 22:22
ޖީ.އެމް.އާރ
އުސްތާޒާ އާޒިމާ ވޮއިޑް އެބް އިނިޝިއޯއަށް ފަރިތަވީތީ، ސުޕްރީމް ކޯޓަށް އައްޔަނުވާ ހިސާބުން ރ.މަޖިލީހުގެ އިދިކޮޅު މެމްބަރުން އިންތިހާބިވާފަހުން އަދި އައު ރައީސެއް އިންތިހާބުވާ ކޮންމެ ނަތީޖާއަކާ ދެކޮޅަށް ވޮއިޑް އެބް އިނިސިއޯ އިވިގެން ނުދާނެކަމަށް އުއްމީދުކުރަން. ޖީ.އެމް.އާރ އަށްވެސް ފަހުން ދައްކަން ޖެހުނު ބަދަލުފަދައިން ރައްޔިތުން ބަދަލު ދޭން ނުޖެހޭނެ ކަމަށް އުއްމީދުކުރެވޭ.
29 ޖުލައި 2017 | ހޮނިހިރު 19:15
މާލޭ މުޙައްމަދު
ޤައުމު ފަސާދަކުރަން ދައްކާނެވާހަކަ ހުސްވީތަ.