ކ. މާލެ
|
28 ޑިސެންބަރ 2023 | ބުރާސްފަތި 10:30
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް
މަޖިލިސް
ވަޒީރުންނަށް ރުހުންދިނުން
މެންބަރުން އެދިއްޖެނަމަ ހާއްސަ ޖަލްސާއެއް ބާއްވާ ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ކުރެވިދާނެ - އަސްލަމް
 
ބުރާސްފަތި ދުވަހު ބާއްވާފައުވަނީ މި ދައުރުގެ ފަހު ޖަލްސާ

ވަޒީރުންނަށް ރުހުން ދިނުމުގެ ނުނިމި އޮތް މައްސަލައިގައި ގޮތެއް ނިންމުމަށް، މެންބަރުން އެދިއްޖެނަމަ ހާއްސަ ޖަލްސާއެއް ބާއްވާ އެ މަސައްކަތް ކުރެވިދާނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ ފަހު ޖަލްސާ ފައްޓަވައި ދެއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްް ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 83 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުގެ 3 ދައުރު އޮންނަންވާނެ ކަމަށެވެ. އަދި މިއިން ކޮންމެ ދައުރެއް ފަށާ އަދި ނިންމާ ދުވަސް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު 3 ވަނަ ދައުރު ނޮވެމްބަރުގެ ނިޔަލަށް ބަޔާންކޮށްފައިވީނަމަވެސް، 3 ފަހަރެއްގެ މަތިން ހިނގަމުންދާ ތިންވަަނަ ދައުރުގެ މުއްދަތުރު އިތުރުކޮށްފައިވާ ކަމަށެވެ.

އަދި އެންމެ ފަހުން ޑިސެމްބަރު 28 ގެ ނިޔަލަށް ތިންވަނަ ދައުދު އިތުރުކުރުމަށް ނިންމާފައިވާއިރު، މިއީ އެންމެ ފަހު ޖަލްސާކަމަށް އަސްލަމް ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ ވަޒީރުންނަށް ރުހުންދޭ މައްސަލައިގެ މަސައްކަތް ނުނިމޭ ކަމަށާއި، މި މައްސަލައިގެ ރިޕޯޓް ކޮމިޓީން ނިންމާ ފޮނުވުމުން މެންބަރުން ހާއްސަ ޖަލްސާއެއް ބާއްވައިދިނުމަށް މަޖިލީހުގެ ގަވާއިދުގެ މަތިން އެދިވަޑައިގެންފިކަމުގައިވަނީ ނަމަ އެ ޖަލްސާއަކަށް އެ ރިޕޯޓް އެޖެންޑާކޮށް އެ ވަޒީރުންނަށް ރުުހުންދިނުމުގެ މައްސަލަ ނިންމުމަށް މަސައްކަތް ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ތާވަލުކުރި ކޮމިޓީ ބައްދަލުވުން ވަނީ ކޯރަމް ހަމަވާ ވަރަށް މެމްބަރުން ނެތުމުން ކެންސަލް ކޮށްފައެވެ.

މީގެ ކުރިން މަޖިލީހުގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ޖަލްސާއަށް އެޖެންޑާކުރިއެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެކަން ފާހަގަކޮށް މަޖިލީހަށް ހުށަހެޅި ނިޒާމީ ނުކުތާ ބަލައިގަނެ، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާއިން ނެގުމަށްފަހު، ރުހުން ދިނުން އަނބުރާ ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ ރިޔާސަތުން ނިންމިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
އެމްޑީޕީއަށް ނިސްބަތްވާ ރިޔާސަތުން މަޖިލީހުގެ މައިނޯރިޓީއަށް އިހްތިރާމްކުރެއްވުމުގައި ދެއްކެވީ ނަމޫނާއެއް - ޝާހިދު
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި
20 ވަނަ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ މެންބަރުންނާ ރައީސް ޞާލިހު ބައްދަލުކުރައްވައިފި
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި