ކ. މާލެ
|
25 ޑިސެންބަރ 2023 | ހޯމަ 21:57
ރައީސް މައުމޫނު، ރައީސް މުޢިއްޒުއާ ބައްދަލުކުރެއްވުން
ރައީސް މައުމޫނު، ރައީސް މުޢިއްޒުއާ ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސް މައުމޫން
ރައީސް ޑރ. މުޢިއްޒުއާ، ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވައިފި
 
މި ބައްދަލުކުރެއްވުމުގައި، ޤައުމުގެ އިޖްތިމާޢީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވޭ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ޤައުމުގެ އިޖްތިމާޢީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި، ޤައުމާއި ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސް މައުމޫން ރައީސް މުޢިއްޒުއާ ބައްދަލުކުރެއްވިއިރު، އެ ދެބޭފުޅުން އެފަދަ ގޮތެއްގައި ބައްދަލުކުރެއްވި މިއީ ފުރަތަމަ ފަހަރެވެ. އެގޮތުން އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް މައުމޫން އެއްވެސް ބޭފުޅަކަށް ތާއީދު ކުރައްވާފައެއް ނުވެއެވެ.

ރައީސް މައުމޫނަކީ 1978ން 2008ގެ ނިޔަލަށް ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅާ ކަމަށްވާއިރު، އެމަނިކުފާނަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސެވެ. ރައީސް މުޢިއްޒުއަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް