Advertisement
ކ. މާލެ
|
29 ޖުލައި 2017 | ހޮނިހިރު 06:14
މެމްބަރު މުހައްމަދު ފަލާހު: ތަހުގީގު ކުރިއަށް ގެންދަނީ ވަކިދިމާލަކަށް ގެންދިއުމަށް ކަމަށް ވިދާޅުވި
މެމްބަރު މުހައްމަދު ފަލާހު: ތަހުގީގު ކުރިއަށް ގެންދަނީ ވަކިދިމާލަކަށް ގެންދިއުމަށް ކަމަށް ވިދާޅުވި
ރާއްޖެއެމްވީ
މެމްބަރުން ހައްޔަރު ކުރުން
ތަހުގީގު ކުރިއަށް ގެންދަނީ ވަކި މީހަކު ބުނާ ގޮތަށް ކަމަށް ގަބޫލު ކުރެވޭ: މެމްބަރު ފަލާހު
ހޮނިހިރު ދުވަހު 11:00 އަށް އަނެއްކާ ހާޒިރުވާން ޖެހޭ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިމަހުގެ 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާއަށް ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ފުލުހުން ތަހްގީގު ކުރަމުންދަނީ ވަކި މީހަކު ބުނާ ގޮތަކަށް ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ  ފުލުހުންގެ ތަހުގީގަށް އެއްބާރުލުންދީ ކުރި ސުވާލުތަކަށް ޖަވާބުދެއްވާފައިވާނެ ކަމަށެވެ. ފުލުހުން އޭނާގެ ބަޔާން ލިޔުނީ ވިދާޅޫވި ގޮތަކަށް ނޫން ކަމަށާއި އެހެންވެ، އެކަން  ރަނގަޅު ކުރަން ބުނުމުން ދެން މިރޭ ވަގުތު ނެތްކަމަށްބުނެ، އަލުން ބަޔާން ނެގުމަށް ހޮނިހިރު ދުވަހު ހެނދުނު 11:00އަށް ފުލުހުންގެ އިދާރާއަށް ހާޒިރު ވުމަށް އެންގެވި ކަމަށް ފަލާހު ވިދާޅުވި އެވެ.

"ބަޔާން އަޅުގަނޑު އަތަށް ލިބުނީމައި އެބަޔާނުގައި ހުރި ބައެއް އިމްލާ ކުށްތަކާއި ކަންކަން ރަނގަޅު ކުރަން ފެށިމައި ކުއްލިއަކަށް ވަގުތު ހަމަވެގެން ހުއްޓާލާފައި ވިދާޅުވީ، ވަގަތު ހަމަވެއްޖޭ. އަޅުނގަޑުމެންނަށް ވަރަށް ސުވާލު އުފެދޭ ގޮތަކަށް އެބޭފުޅުން ތަހުގީގު ކުރިއަށް ގެންދިއައީ. މައްޗަށް ގޮސް ކޮންމެވެސް ބޭފުޅެއްގެ ކައިރީގައި އަހައިގެން، ވަކިގޮތަކަށް، ވަކި ދިމާލަކަށް ތަހުގީގު ގެންދަން އުޅޭ ގޮަތަކަށް ތަހުގީގު ކުރިއަށް ގެންދިޔައީ،" ފަލާހު ވިދާޅުވި އެވެ.

ފާލުހު ވިދާޅުވީ ފުލުހުން ތަހުގީގު ކުރުމުގައި އެއްވެސް ފަރާތަކަށް ނުޖެހި ތަހުގީގު ކުރިއަށް ގެންދިއުމަށާއި މިމައްސަލައަކީ ފުލުހުންނާއި މަޖިލިސް މެމްބަރުންނާއި ދެމެދު އުފެދިފައިވާ މައްސަލައަކަށްވާއިރު، ތަހުގީގު ކުރުމުގައި ސިޔާސީ ނުފޫޒުން އެއްކިބާވެ، ރަނގަޅަށް ތަހުގީގު ކުރުމަށް ފުލުހުންގެ މުއައްސަސާއަށް ގޮވާލައްވާ ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުންތަކެއްގެ މައްޗަށް ފުލުހުން ތަހުގީގު ކުރަމުންދާއިރު، އެ މެމްބަރުންގެ މައްޗަށް ފުލުހުން ތުހުމަތުކޮށް، ގާނޫނުލްއުގޫބާތުގެ ހަތަރު މާއްދާއަކާއި ހަވާލާދެއްވާ ތަހުގީގުގައި ދަނީ ސުވާލުތައް ކުރަމުންނެވެ. އެގޮތުން، ފުލުހުންގެ ސަފު ފަޅާލި މައްސަލައަކާއި ، ގާނޫނީގޮތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރުމަށް ހުރަސް އެޅި ކަމަށްބުނާ މައްސަލައަކާއި ހުއްދަނޫން ތަނަކަށް ވަތް މައްސަލައަކާއި، މާރާމާރީ ހިންގާ އެކަހަލަ ކަންތައްތަކަކަށް ފަހިވާ ޒާތުގެ ކަންތައްތަކެއް މިމަހުގެ 24 ވަނަ ދުވަހު ހިންގާފައިވާކަމަށް ފުލުހުން ތުހުމަތު ކުރާ ކަމަށް އެމެމްބަރުން ވިދާޅުވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
29 ޖުލައި 2017 | ހޮނިހިރު 11:59
ސްޕްރޭ ފުޅި ހުސްކުރާ
ހަރުގެއާއި ސްޓޭޖް ކައިރީގައި ހުރި އާންމުންގެ އަދި ފުލުހުންގެ ސީސީޓީވީ ކެމެރާ ފުޓޭޖްގައިވެސް ހުންނާނެ ތަޅާ މަންޒަރާއި އެއްވެސް ކަމެއް ނުކޮށް ތިބި އާންމުންނާއި ނޫސްވެރިންގެ ލޮލަށް ޕެޕަރ ސްޕްރޭ ފުޅި ހުސްކުރާ މަންޒަރުތައް . މައްސަލަ ހުށަހަޅ ރިޕޯރޓުގައި ބުނަންވާނެ އެފުޓޭޖުތައްވެސް ބަލާ ދިނުމަށް.
29 ޖުލައި 2017 | ހޮނިހިރު 08:47
ކަނައްކަފޫޅު
ރައްޔިތުންގެ މަޖިލިސް މިހާރު ކޮންމެހެން މުހިއްމެއް ނޫން. ރައްޔިތުންގެ މަޖިލިހުގެ ހުރިހާބާރުތައް މެމްބަރުން ވަނީ ޔާމިން އައް ދީފަ.މިޙާރު ޔާމިންއާއި ކޯޓުތަކާއި ހުކުމްތައް ތަންފީޒުކުރާނެ ބާރެއް އޮތީމަ އެއޮތީ ވެފާ. ދެން ކީއްކުރާ މަޖިލިހެއް؟؟؟ ކީއްކުރާ މެމެބަރުނެނެއް؟؟؟