ކ. މާލެ
|
24 ޑިސެންބަރ 2023 | އާދީއްތަ 17:07
އިންތިޚާބާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވެވި ސެޝަނެއްގެ ތެރެއިން
އިންތިޚާބާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވެވި ސެޝަނެއްގެ ތެރެއިން
އިލެކްޝަންސް ކޮމިޝަން
މަޖިލިސް އިންތިޚާބު 2024
އީސީން މަޖިލިސް އިންތިޚާބާއި ގުޅިގެން ޑީޖޭއޭ އަދި މީރާގެ އިސްބޭފުޅުންނާއެކު މަޝްވަރާކޮށްފި
ދަރަންޏެއް އޮތްނަމަ ހުކުމާ އެއްގޮތަށް ދައްކަންޖެހޭ ތަނަކަށް ދައްކަމުންދާކަން އެކަން ރައްދުވާ ފަރާތަކުން ޔަގީންކުރުން މުހިންމު
އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ އިންތިޚާބީ އޭޖެންޓުންގެ ކުށާއި، ދަރަނީގެ ރެކޯޑު ސާފުކުރަންޖެހޭ

އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލިސް 2024 އިންތިޚާބާއި ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ އިސް ބޭފުޅުންނާއެކު މަޝްވަރާކޮށްފިއެވެ.

އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވާދަކުރާ ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ އިންތިޚާބީ އޭޖެންޓުންގެ ކުށާއި، ދަރަނީގެ ރެކޯޑު ސާފުކުރުމުގައި، ފަސޭހަ ކަމާއި، އިތުބާރާއި ޔަގީންކަމާއެކު، ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމަށް، އެކޮމިޝަނުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ އިސް ބޭފުޅުންނާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި މަޝްވަރާތަކުގައި، ޚާއްސަގޮތެއްގައި، ދަރަނީގެ ރެކޯޑް ސާފުކުރާއިރު، އެ ދަރަންޏެއް ހުކުމާއެއްގޮތަށް ދައްކަމުންދޭތޯ ނުވަތަ ނޫންތޯ އާއި، ދަރަންޏެއް އޮތްނަމަ، އެ ދަރަނި ހުކުމާ އެއްގޮތަށް ދައްކަންޖެހޭ ތަނަކަށް ދައްކަމުންދާކަން އެކަން ރައްދުވާ ފަރާތަކުން ޔަގީންކުރުމުގެ މުހިންމުކަމާމެދު މި ދެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދުރާލައި، ކުށާއި ދަރަނީގެ ރެކޯޑް ސާފުކުރުމަށް ކުރެވިދާނެ ކަންކަމާމެދު ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

Advertisement

މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް އީސީން ކުރަމުންދާއިރު، އިންތިޚާބު ބޭއްވޭނެ ތާރީޚެއް ކަނޑައެޅޭނީ އަންނަ ޖެނުއަރީގައިކަމަށް ލަފާ ކުރެވޭކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ. އީސީން ބުނީ އެކަމާ ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު ކޮމިޝަނުން މަޝްވަރާތައް ކުރަމުންދާ ކަމަށާއި، އެކަމުގައި ޕާޓީތަކުގެ މެދުގައިވެސް ތަފާތު ހިޔާލުތައް އެބަހުރި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އީސީން އެދިފައިވަނީ މަޖިލިސް އިންތިޚާބުގެ ތާރީޚު ކަނޑައެޅުމަކީ ކޮމިޝަނުގެ ކަމެއްގެ ގޮތުގައި ކޮމިޓީން ނިންމަވައިދެއްވުމަށެވެ. އެގޮތުން އިންތިޚާބު ފަސްކުރާނަމަ މައްސަލަތައް ދިމާވާ ކަމަށާއި، އެހެންކަމުން އަދި ދުވަހެއް ކަނޑަނާޅާކަމަށް އީސީގެ ރައީސް ވިދާޅުވެފައިވެއެވެ.

މަޖިލިސް އިންތިޚާބުގެ ވޯޓުލުން ރޯދަމަހަށްފަހު ބާއްވަން އީސީއަށް ހުށަހެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފައިވަނީ 26 ނޮވެންބަރު 2023 ވީ އާދިއްތަ ދުވަހެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް