Advertisement
ކ. މާލެ
|
29 ޖުލައި 2017 | ހޮނިހިރު 06:20
އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް: އެމްއެންޑީއެފް ފައިލް ފޮޓޯ
އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް: އެމްއެންޑީއެފް ފައިލް ފޮޓޯ
ރާއްޖެއެމްވީ
ކަނޑުމަތީގެ ހާދިސާ
ޑިންގީއެއްގައި ފުރި މީހެއްގެ ޚަބަރެއް ނުވެގެން ހޯދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިއްޖެ
ފެނުނުއިރު އޭނާގެ ހާލު ރަނގަޅު

ކ.މާފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ޑިންގީއެއްގައި  ޚަބަރެއް ނުވެގެން ހޯދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިއްޖެއެވެ. އެ ޑިންގީގައި ހުރީ އެންމެ މީހެކެވެ. 

އެމްއެންޑީއެފުން ބުނީ ހުކުރު ދުވަހުގެ ގާތްގަނޑަކަށް 15:03 ހާއިރު މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު ކޯސްޓްގާޑްގެ ލޯންޗެއް ވަނީ އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފައެވެ. މި ހާދިސާގައި ޚަބަރެއް ނުވެގެން ހޯދި 54 އަހަރު ގެ މީހާ ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ލޯންޗެއްގެ އިތުރުން ހާބަރ ކްރާފްޓެއް ވަނީ ހަރަކާތްތެރިވެފައެވެ. މީގެ އިތުރުން ވައިގެ މަގުން އެމީހާ ހޯދުމުގެ މަސައްކަތް ކުރުމަށްޓަކައި އެސަރަޙައްދުން ދަތުރުކުރާ ސީޕްލޭންތަކުގެ އެހީތެރިކަމަށް ވެސް އެދުނުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

 ހޯދަމުންދިޔަ މީހާ ފެނިފައިވަނީ ހުކުރު ދުވަހުގެ ހަވީރު 16:59 ހާއިރު މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖް ސަރަޙައްދުން ކަނޑުމަތިން އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ފާމުލަދޭރި" އަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް