އިޓާލިއަން ލީގުގަައި ފްރޮސިނޯނާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެ، ޔުވެންޓަސް އިން އެ ޓީމުގެ ރަނގަޅު ފޯމު ދަމަހައްޓައިފި އެވެ.
ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ފްރޮސިނޯންގެ ދަނޑުގައި ކުޅުނު މެޗު ޔުވެންޓަސް އިން ކާމިޔާބު ކުރީ 2-1 އިންނެވެ. ލީގުގައި މިހާރު ޔުވެންޓަސް އިން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.
މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ޔުވެންޓަސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ފިލިޕް ކޮސްޓިކް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ކެނާން ޔިލްޑިޒް އެވެ. މެޗުގައި ފްރޮސިނޯން އިން ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖެއިމް ބޭޒް އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އިލާރިއޯ މޮންޓެރިސީ އެވެ. މެޗުން ޔުވެންޓަސް މޮޅު ކޮށްދިނީ ޑޫސަން ވްލަހޮވިޗް އެވެ. މެޗުގެ 81 ވަނަ މިނެޓުގައި އޭނާ ލަނޑު ޖެހީ ވެސްޓަން މެކިނީ އެވެ.
މޮޅާއެކު ޔުވެންޓަސް ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅުނު 17 މެޗުން 40 ޕޮއިންޓު ހޯދައިގެންނެވެ.