Advertisement
ކ. މާލެ
|
28 ޖުލައި 2017 | ހުކުރު 18:37
މ، ކުނޫޒު ސަރަހައްދުގައި ފުލުހުން ހަރަކާތެރި ވަނީ
މ، ކުނޫޒު ސަރަހައްދުގައި ފުލުހުން ހަރަކާތެރި ވަނީ
ރާއްޖެއެމްވީ
ޖުމްހޫރީ ޕާޓީ
ބަނޑަހަޖަހައިގެން ތިބުމަށް ފަހު ފުލުހުން ކުނޫޒު ދޫކޮށްލައިފި
މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ފުލުުހުން ކުރައްވާ ޣައިރުގާނޫނީ އަމަލެއް

މ. ކުނޫޒު ކައިރީގައި ބަނޑަހަ ޖަހާއިގެން ތިބި ފުލުހުން އެތަން ދޫކޮށްލައިފި އެވެ. 

 

ކޯޓް އަމުރެއްގެ ދަށުން ކުނޫޒު ބަލާފާކުރުމުގެ މަސައްކަތް ފަށާފައި ވަނީ އަންގާރަ ދުވަހުގެރޭގައެވެ. އެރޭ ދަންވަރު 01:30 ކަންހާއިރު ކުނޫޒު ބަލާ ފާސްކުރުމަށް ފަހު ނިންމާލި ކަމުގެ ލިޔެކިޔުން އެޕާޓީއާއި ހަވާލުކުރި ކަމަށް ޖުމްހޫރީ ޕާޓީން މީގެ ކުރިން ވަނީ ބުނެފައެވެ. 

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ ފުލުހުން  ކުނޫޒު ކައިރީ އަމިއްލަޔަށް ބަންޑަހަ ޖަހާއިގެން ތިބުމަށް ފަހު ހުކުރު ދުވަހު ހަވީރު އެތަން ވަނީ ދޫކޮށްލައިފަ އެވެ.  ކޯޓް އަމުރުގެ ދަށުން ކުނޫޒް ބަލާއި ފާސްކުރުމަށް ފަހު ފުލުހުން އެސަރަހައްދުގައި ބެރިކޭޓް ޖަހާ ބަންދުކޮށް ، އެތަނުގައި ތިބުމަށް ފަހު އެތަން ދޫކޮށް ގޮސްފައި ވަނީ ހުކުރު ދުވަހުގައެވެ.

 

ކޯޓު އަމުރުން ހުއްދަ ނުލިބޭ، ގޮތަކަށް ދެވަނަ ފަރަހަށް ބަލާ ފާސްކުރުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށް ވަކީލުން ވިދާޅުވެ އެވެ. 

 

ޖިނާއީ އިޖުރާއަތުގެ 32 ވަނަ މާއްދާގައި ބަލާ ފާސްކުރުމުގެ ކޯޓު އަމުރުގައި ހުންނަންޖެހޭ މައުލޫމާތުތަކުގެ ތެރޭގައި  އެ އަމުރުގެ ދަށުން ބަލާ ފާސްކުރުމަށްޓަކާއި އެއް ފަހަރަށްވުރެ، ގިނަ ފަހަރު އެތަނަށް ނުވަތަ ތަންތަނަށް ވަދެވޭނަމަ، އެކަން އަމުރުގައި ބަޔާންކުރަންވާނެ ކަން އެ މާއްދާގެ (ހ)ގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަމަށް މި ސިޓީގައިވަނީ ބަޔާންކޮށްފަ އެވެ.

 

ބަލައިފާސްކުރަން ނަމުގައި ކުނޫޒު ބަންދުކޮށްގެން ހިފެހެއްޓީ ސަރުކާރާ ދެކޮޅަށް ރައްޔިތުން މަގުމައްޗަށް ނުކުމެ އަޑު އުފުލުހުން ގިނަވެފައި ވަނިކޮށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް