Advertisement
ކ. މާލެ
|
20 ޑިސެންބަރ 2023 | ބުދަ 23:48
ރައީސް ޑރ މުޢިއްޒު އަދި ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފް
ރައީސް ޑރ މުޢިއްޒު އަދި ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފް
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ މުޢިއްޒު
އޮޓޯކިއު ހުއްޓުމާއެކު ރައީސް ހުއްޓިއްޖެ
ރައީސްގެ ވާހަކަފުޅު ހުއްޓުން އެރުމާއެކު، ޖަލްސާގެ ލައިވް ވެސް ވަނީ މެދު ކަނޑާލައިފައި

އޮޓޯކިއޫ ހުއްޓުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅު ވެސް ހުއްޓާލަން ޖެހިއްޖެ އެވެ.

Advertisement

ބުދަ ދުވަހުގެ ރޭ އޮތް ކަންގަތި އެވޯޑު ހަފްލާގައި ރައީސް ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް، އޮޓޯކިއޫ މައްސަލަ ދިމާވި އެވެ. އެއާއެކު ރައީސް ވެސް ވަނީ ހުއްޓުން އަރައިފަ އެވެ. އެއާއެކު އިރުކޮޅެއް ވަންދެން ހިމޭނުން ހުންނެވުމަށްފަހު، ރައީސް ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިފަދަ ނިޒާމެއްގައި އެ ކަހަލަ ކަމެއް ދިމާވެދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ވާހަކަ ހުއްޓި ގާތްގަނޑަކަށް ފަސް މިނެޓު ވަންދެން ރައީސް ހުންނެވި އެވެ. މައްސަލަ ދިމާވުމާއެކު ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މުވައްޒަފުން އެކަމުގައި ހަރަކާތްތެރިވި މަންޒަރު ވެސް ވަނީ ފެނިފަ އެވެ.

ރައީސްގެ ވާހަކަފުޅު ހުއްޓުން އެރުމާއެކު، ޖަލްސާގެ ލައިވް ވެސް ވަނީ މެދު ކަނޑާލައިފަ އެވެ. އޭގެ ފަހުން ޖަލްސާގެ ލައިވް ފެށިއިރު، ދެން ޕޯޑިއަމްގައި ހުންނެވީ އެހެން ބޭފުޅެކެވެ. ނަމަވެސް އޭގެ ފަހުން ރައީސް ވަނީ އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވައިފަ އެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ފާޑު ވެސް ކިޔައިފަ އެވެ. އެގޮތުން ރައީސަށް ވާހަކަފުޅު ކުރިއަށް ނުގެންދެވުނުކަން ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ. އަނެއް ބަޔަކު ބުނެފައިވާ ގޮތުގައި، އެއީ ރައީސް އޮފީހުގައި އެކަމަށް މަސައްކަތް ކުރައްވަން މިހާރު ތިއްބެވި ބޭފުޅުންގެ ނާގާބިލު ކަމުން ދިމާވި ކަމެއް ކަަށެވެ. ސަބަބަކީ އެ މައްސަލަ ހައްލުކުރުމަށް އެހާ ގިނަ ވަގުތު ނަގާފައިވުން ކަމަށް ވެސް ގިނަ މީހުން ބުނެފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް