ކ. މާލެ
|
19 ޑިސެންބަރ 2023 | އަންގާރަ 13:40
ޗައިނާ އަށް އައި ބިންހެލުމުގައި ލިބުނު ބައެއް ގެއްލުން
ޗައިނާ އަށް އައި ބިންހެލުމުގައި ލިބުނު ބައެއް ގެއްލުން
ރޮއިޓާރސް
ޗައިނާ އަށް ބިންހެލުމެއް އައުން
ޗައިނާގެ ގަންސޫ ޕްރޮވިންސަށް އައި ބާރުގަދަ ބިންހެލުމެއްގައި 118 މީހުން މަރުވެއްޖެ
 
ގަންސޫ އަށް މިއައި ބިންހެލުމަކީ ފާއިތުވި 13 އަހަރު ދުވަހުގެ ތެރޭވެސް ޗައިނާ އަށް އައި އެންމެ ބާރުގަދަ ބިންހެލުން

ޗައިނާގެ ގަންސޫ ޕްރޮވިންސަށް އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ސަތޭކައަށާރަ މީހުން މަރުވެ، އިމާރާތްތަކަށް ބޮޑެތި ގެއްލުން ތައް ލިބިއްޖެއެވެ. މަރުވި މީހުންގެ އިތުރުން 250 މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ޚަބަރުތައް ބުނެއެވެ. 6.2 ގެ ބާރު މިނުގައި ރޭ ދަންވަރު އެތާންގެ ގަޑިން 12ޖަހާއެހާއިރު އައި ބިންހެލުމުގެ ސަބަބުން ފަސްހާސް ގެ އަދި އެހެން ގިނަ އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. ބިންހެލުމުގެ އަސަރު ޖެހިގެން އޮންނަ ކިންގާއި ޕްރޮވިންސަށްވެސް ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. އެޕްރޮވިންސުން ވެސް 182 މީހުންނަށް ވަނީ އަނިޔާ ތައްލިބިފައެވެ.

މިދުވަސްވަރަކީ ޗައިނާއަށް ފިނި މޫސުން ކުރިމަތިވެފައިވާ ދުވަސްވަރު ކަމުން ރޭގަޑުގެ ފިނި ހޫނުމިން ހުރީ މައިނަސް ފަހެއް ޑިގްރީ ސެލްސިއަސްއަށް ވުރެދަށުގައެވެ. މިފަދަ ފިނީގައި އެހީގެ ޓީމްތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފައެވެ. ނަމަވެސް ފިނީގެ ސަބަބުން އެހީގެ މަސައްކަތަށް ވަނީ ހުރަސްއެޅޭގޮތްވެފައެވެ.

ބިންހެލުމުގެ ސަބަބުން ފަސްހާހެއްހާ ގޭގެ އިތުރުން ގިނަ މަގުތަކެއްވެސް ވަނީ ހަލާކުވެފައެވެ. އަދި ކަރަންޓާ ފެނުގެ ނިޒާމަށްވެސް ގެއްލުން ލިބިފައި ވުމުން އެހީގެ މަސައްކަތަށް ހުރަސް އެޅުނު ކަމަށް އޮފިޝަލުން ބުނެއެވެ.

ގަންސޫ އަށް މިއައި ބިންހެލުމަކީ ފާއިތުވި 13 އަހަރު ދުވަހުގެ ތެރޭވެސް ޗައިނާ އަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

2010 ވަނަ އަހަރު ކިންގާއި ޕްރޮވިންސްގެ ޔޫޝޫ އަށް އައި ބާރުގަދަ ބިންހެލުމެއްގައި 2،700 މީހުން މަރުވެފައި ވެއެވެ.

މިފަހަރުގެ ބިންހެލުމުގައި މަރުވާ މީހުންގެ އަދަދު އަދި މައްޗަށް ދާނެކަމަށް ބެލެވޭ ކަމަށް ޚަބަރުތައް ބުނެއެވެ.     

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް