ކ. މާލެ
|
19 ޑިސެންބަރ 2023 | އަންގާރަ 13:24
މާލޭ ފަތާ ޓްރެކަށް ނަޖިސް ޖަމާވެފައި
މާލޭ ފަތާ ޓްރެކަށް ނަޖިސް ޖަމާވެފައި
ޓްވީޓަރ
ސްވިމިން އެސޯސިއޭޝަން
ފަތާ ޓްރެކަށް ނަޖިސް ޖަމާވާ މައްސަލަ، ދާއިމީ ޙައްލެއް ހޯދުމަށް މަސައްކަތް ކުރަނީ
 
އެ މައްސަލަ ދިމާވުމާއެކު، މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަނުން ވަނީ ޓްރެކު ސާފުކޮށްފައި

މާލޭ ފަތާ ޓްރެކަށް ނަޖިސް ޖަމާވާ މައްސަލައިގައި ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

މާލޭ ފަތާ ޓެރްކަށް ނަޖިސް ޖަމާވާ މައްސަލަ އަކީ މީގެ ކުރިން ވެސް ދިމާވާ ބޮޑު މައްސަލައެކެވެ. މިފަހުން ވެސް ވަނީ ޓްރެކަށް ނަޖިސް ޖަމާވެފަ އެވެ. އެކަމާ ގުޅިގެން ޓްރެކު ބޭނުންކުރާ ފަރާތްތަކާއި، ކުދިންގެ ބެލެނިވެރިން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އެ މައްސަލަ ދިމާވުމާއެކު، މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަނުން ވަނީ ޓްރެކު ސާފުކޮށްފަ އެވެ.

އެ މައްސަލައިގައި ދާއިމީ ހައްލެއް ހޯދުމަށް ސްޕޯޓްސް މިނިސްޓްރީ އަދި ސްވިމިން އެސޯސިއޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކަމާ ގުޅުން ހުރި އިދާރާތަކާއެކު ވަނީ މަޝްވަރާ ކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން މިނިސްޓްރީ، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަދި މާލޭ ސިޓީ ކައުންސިލް ހިމެނެ އެވެ.

އެކަމާ ގުޅިގެން ސްވިމިން އެސޯސިއޭޝަނުން ބުނީ، އެ މައްސަލަ އަކީ ދޭތެރެއަކުން ދިމާވަމުން އަންނަ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އެ ކަމަކީ ދިޔަވަރާ ގުޅިގެން ކުރިމަތިވަމުން އަންނަ މައްސަލައެއް ކަމަށާއި، އެކަން ޙައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިވަގުތަށް ޓްރެކް ސާފުކޮށްފައި އޮތް ކަމަށާއި، ދެން ބޭނުންވަނީ ވީ އެންމެ އަވަހަކަށް ދާއިމީ ޙައްލެއް ހޯދުމަށް ކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ސްޕޯޓްސް މިނިސްޓްރީން ވެސް ބުނީ، ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މާލޭ ފަތާ ޓްރެކުގެ އިތުރުން، އާޓިފިޝަލް ބީޗު އަދި ރަސްފަންނުގައި ވެސް މި މައްސަލަ ދޭތެރެއަކުން ދިމާވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް