ކ. މާލެ
|
4 އޮކްޓޯބަރ 2025 | ހޮނިހިރު 10:09
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަދި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަދި ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު
ރައީސް އޮފީސް
ޤައުމީ ފުޓުބޯޅަ ޓީމު
ދޮޅު އަހަރު ފަހުން ވެސް ރައީސް ވިދާޅުވީ، ފެންވަރު ރަނގަޅު ދަނޑެއް ހެދުމުގެ މަސައްކަތް ކުރައްވާ ކަމަށް
ގަލޮޅު ދަނޑު ހަލާކުވެފައިވާކަން ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި މިހާރު ރަނގަޅު ފެންވަރުގެ ޤައުމީ ސްޓޭޑިއަމެއް ނެތް ކަމަށެވެ. އެކަމަށް ވެސް މަސައްކަތް ކުރައްވާކަން ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އެކަން ވެސް ފެންނަނީ ވަރަށް އުންމީދީ ގޮތަކަށް ކަަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ފެންވަރު ރަނގަޅު ޤައުމީ ފުޓުބޯޅަ ދަނޑެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމާ ބައްދަލު ކުރެއްވުމަށް ފަހު އެވެ. ރާއްޖޭގައި މިހާރު ބޭނުން ކުރަމުން އަންނަ ރަސްމީ ގަލޮޅު ދަނޑު ތަރައްޤީ ކުރުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ވައުދެކެވެ. އެހެން ނަމަވެސް، ސަރުކާރަށް ދެ އަހަރުވާން ކުޑަ ދުވަސް ކޮޅަކަށް ވެފައިވާއިރު ވެސް، އެކަމުގެ އަމަލީ އެއްވެސް މަަސައްކަތެއް ފެށިފައި ނުވެ އެވެ.

ދާދި ފަހުން ސްރީ ލަންކާގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބު ކުރި ރާއްޖޭގެ ސީނިއާ ޤައުމީ ޓީމާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ، މާލޭގައި ހުރި ގަލޮޅު ރަސްމީ ދަނޑު ވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ.

ގަލޮޅު ދަނޑު ހަލާކުވެފައިވާކަން ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި މިހާރު ރަނގަޅު ފެންވަރުގެ ޤައުމީ ސްޓޭޑިއަމެއް ނެތް ކަމަށެވެ. އެކަމަށް ވެސް މަސައްކަތް ކުރައްވާކަން ފާހަގަ ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އެކަން ވެސް ފެންނަނީ ވަރަށް އުންމީދީ ގޮތަކަށް ކަަމަށެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އެކަން ކުރެވެންދެން ވެސް، ވީ އެންމެ ރަނގަޅަށް ކަންތައްތައް ކުރުމަށް މަސައްކަތް ކުރައްވާ ކަަމަށެވެ. އެގޮތުން ގަލޮޅު ރަސްމީ ދަނޑުގެ ކަންތައްތަކާއި، ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ދަނޑުތައް ހަދައިދީ ކަންކަން ކުރައްވާނެ ކަމަށެވެ.

ކުރީ ސަރުކާރުގައި އޮތީ އިންޑިއާ އިން ހަމަޖެއްސި ލައިން އޮފް ކްރެޑިޓް (އެލްއޯސީގ)ގެ ދަށުން ގަލޮޅު ދަނޑު ތަރައްޤީ ކުރުމަށް ނިންމައިފަ އެވެ. އެއީ 40 މިލިއަން އެމެރިކާ ޑޮލަރުގެ އެލްއޯސީ އެކެވެ. ނަމަވެސް، މި ސަރުކާރުން ވަނީ އެލްއޯސީގެ ދަށުން ޤާއިމު ކުރުމަށް ނިންމާފައިވާ މަޝްރޫއުތައް ވަކިކޮށް، ކުރިއަށް ގެންދިޔުމަށް އިންޑިއާގައި އެދިފަ އެވެ.

- ކޮމެންޓް