އައިއޯއައިޖީން ރާއްޖެއަށް ރަން މެޑަލް ހޯދުމުގެ އަމާޒުގައި ޕެރާ ސްޕޯޓްސް ކްލަބުން މަސައްކަތް ފަަށައިފިއެެވެ.
އެ ކްލަބުން ބުނީ 2027 ވަނަ އަހަރުގެ އައިއޯއައިޖީގައި ބައިވެރިވާން ބޭނުންވާ އެތުލީޓުންނަށް ޕެރާ ސްޕޯޓްސް ކްލަބްގެ ފޭސްބުކް ޕޭޖަށް މެސެޖްކޮށްލެވޭނެ ކަމަށެވެ.
2019 ވަނަ އަހަރު ރަޖިސްޓްރީކޮށް އުފެއްދި ޕެރާ ސްޕޯޓްސް ކްލަބުގެ އަމާޒަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.
ޕެރާ ސްޕޯޓްސް ކްލަބުގެ އެތުލީޓުން ވަނީ މީގެ ކުރިން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ބައިވެރިވެ، ބްލައިންޑް ކެޓަގަރީން ބްރޯންޒް މެޑަލް - ފިރިހެން، އައިއޯއައިޖީ 2019 ގައި، ބްލައިންޑް ކެޓަގަރީން 2 ބްރޯންޒް މެޑަލް - އައިއޯއައިޖީ 2023 ގައި އަންހެން އަދި ފިރިހެން އަދި އަންހެން އަދި ފިރިހެން ފަދަ ތަށިތައް ހާސިލްކޮށް ޕެރަލިމްޕިކް 2020 ޓޯކިޔޯގައި ވެސް ބައިވެރިވެފައެވެ.
ޕެރާ ސްޕޯޓްސް ކްލަބުން މި މަސައްކަތް ފަށާފައިވާއިރު އުރީދޫ މޯލްޑިވްސް އިން ދަނީ އެ ކްލަބަށް އެއްބާރުލުން ފޯރުކޮށްދެމުންނެވެ. އަދި އެ ބޮޑު ކާމިޔާބީ އެއް ހާސިލްކުރުމަށް ކުރާ ދަތުރު ކާމިޔާބު ވެގެންދިޔުމަކީ އުންމީދު ކަމަށް ވެސް އުރީދޫއިން ބުނެއެވެ.