އަނިޔާވެރި ފުލުހުނާއި މެދު ފިޔަވަޅު އަޅާނެ ކަމަށާއި ފުލުހުން ރައްޔިތުންނަށް ކުރާ އަނިޔާ ހުއްޓާ ނުލާ ހިނދު އެ ފުލުހުންނަށް އަމާޒުކޮށް ބަސް ބުނުން ހުއްޓާ ނުލެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު ނަޝީދު މިހެން ޓްވީޓްކޮށްފައިވަނީ ފުލުހުން އާއްމުކޮށްފައިވާ ބަޔާނެއް ޓެގް ކުރުމަށްފަހު އެވެ.
Fuluhun rayithunah aniya kurun huhta nula hindhu, e fuluhunah amazkoh bas bunun huhta nuleveyne. Aniyaveri fuluhuna medhu fiyavalhu alhaanan pic.twitter.com/DyxoAIOtzs
— Mohamed Nasheed (@MohamedNasheed) July 27, 2017
އެގޮތުން ފުލުހުންގެ މި ބަޔާނުގައި ބުނެފައިވަނީ، ސޯޝަލް މީޑިޔާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ވަކިވަކި ފޮޓޯޖަހާއި ފުލުހުންގެ އާއިލާތަކުގެ މެމްބަރުންގެ ފޮޓޯއާއި ޒާތީ ބެއެއް މައުލޫމާތުތައް މިފަދަ ގޮތްގޮތަށް އާއްމު ނުކުރުމަށް ވަނީ އެދިފަ އެވެ.
މީގެ އިތުރުން ވަކި ވަކި ފުލުހުންނަށް އިންޒާރުދީ،ފުލުހުންނާމެދު ރައްޔިތުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފުރަތު އުފައްދާއި ފުލުހުންނަށް އަނިޔާވެރިވުމަށް ހިތްވަރުލިބޭ ގޮތަށް ކުރަމުންދާ މަސައްކަތް ނުކުރުމަށް ވަނީ އެދިފައެވެ.
ފުލުހުންގެ ނަމުގައި ހަގީގަތާއި ހިލާފު ވާހަކަތައް ފެތުރުމާއި ފުލުހުންގެ މުއައްސަސާގެ ގަދަރާ އިހުތިރާމް ގެއްލުވާލުމަށާއި އެކަންކަމަށް، ހިތްވަރުލިބޭ ގޮތަށް ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށްވެސް އަންގާ ކަމަށެވެ. މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދާއި އެފަދަ ފަރާތްތަކާއި މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.
ފުލުހުންގެ ބަޔާނަށް ކުރީގެ ރައީސް ޓްވީޓުކޮށްފައިވާ އިރު ސިޔާސީ އެހެން އިސްފަރާތްތަކުންވެސް ވަނީ ފުލުުހުން މިހާރު އަަމަލުކުރަމުންދާ ގޮތާމެދު ކަންބޮޑުވުންފާޅުކޮށްފަ އެވެ.
މިފާއިތުވެދިޔަ ހަތަރު ދުވަހުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގުޅިގެން ބާއްވާ އެކި އެކި ހަރަކާތްތައް ބޭއްވުމަށް ހުރަސްއަޅާފައިވާ އިރު، އަކަންކަން ކަވަރު ކުރަމުންދާ ނޫސްވެރިންގެ އިތުރަށް އާންމުންގެ ގިނަބަޔަކަށް ވަނީ ފާޑުކިޔާފަ އެވެ.