ކ. މާލެ
|
28 ޖުލައި 2017 | ހުކުރު 08:13
އަމީތު ދޫނިދޫއަށް ގެންދިޔަ ފޮޓޯއެއް
އަމީތު ދޫނިދޫއަށް ގެންދިޔަ ފޮޓޯއެއް
ޓްވިޓަރ
އަމީތު ހައްޔަރު ކުރުން
މެންބަރު މުހައްމަދު އަމީތު ދޫނިދޫއަށް ގެންގޮސްފި!
އަމީތު ދޫނިދޫއަށް ގެންގޮސްފައިވަނީ މެންދަމު އެކެއް ޖަހާކަން ހާއިރު
އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅޭ ގެއިން
އިދިކޮޅު ބައެއް މެންބަރުން ފުލުސް އޮފީހަށްވެސް މިދުވަސް ވަރު ދަނީ ހާޒިރުކުރަމުން

ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި މަޑުއްވަރީ ދާއިރާގެ މެންބަރ މުހައްމަދު އަމީތު ދޫނިދޫއަށް ގެންގޮސްފި އެވެ.

 މިކަން އޭނާގެ ގާނޫނީ ވަކީލު އަލީ ޒާހިރު ވަނީ ޓްވީޓާގައި ހާމަކޮށްފަ އެވެ.

އަމީތު ހައްޔަރުކޮށްފައިވަނީ ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ގޮހެވެ. އޭނާ ހައްޔަރުކުރީ ޖުލައި 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ އިދާރާއަށް ވަތް ކަމަށް ބުނެ މަޖިލީހުގެ އިދިކޮޅު ބައެއް މެންބަރުން ދަނީ ފުލުސް އޮފީހަށް ހާޒިރުކުރަމުންނެވެ. އަދި ބައެއް މެންބަރުން މިހާރު ވަނީ ހައްޔަރުވެސް ކޮށްފަ އެެވެ.

އަމީތު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ،ހައްޔަރުކުރުމަށްއަމުރުކޮށްފައިވަނީރައްޔިތުންގެމަޖިލީހުގެމެންބަރުންނޫންކަމަށްރައްޔިތުންގެމަޖިލީހުންކަނޑައަޅާފައިވާބަޔަކު،ފުލުހުންގެސަފުތައްފަޅާލައިރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާތީއެވެ.

އަމީތު ހައްޔަރުކުރުމަށް ނެރެފައިވާ ކޯޓު އަމުރުގައި ހައްޔަރުކުރަންޖެހޭ ސަބަބުގެ ގޮތުގައި ލިޔެފައިވަނީ " ޖުލައި 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ބައެއް،ފުލުހުންގެ ސަފުތައް ފަޅާލާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަގައި މުހައްމަދު އަމީތު އަހްމަދު މަނިކު ހައްޔަރު ނުކޮށް ބަހައްޓައިފި ނަމަ މީނާގެ ފުށުން މުޖުތަމައުގެ ސަލާމަތައް ނުރައްކާ ވެދާނެތީ އާއި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވިދާނެކަމަށް ފެންނާތީ" ކަމަށެވެ.

އަމީތު ހައްޔަރުކޮށްފައިވަނީ، ގާނޫނު އަސާސީގެ 532ވަނަ މާއްދާ އާއި 615 ވަނަ މާއްދާއާއި ހަވާލާދީއެެވެ. މި މައްސަލައިގައި ހެކީގެ ގޮތުގައި ހިމަނާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސީސީޓީވީ ފުޓޭޖާ ހެކިންގެ ހެކިބަހެވެ.

 އަމިތު ހައްޔަރުކޮށްފައިވާ އިރު ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ހައްޔަރުކޮށްފައިވާ އިރު ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހޯދުމަށް ފުލުހުން ވަނީ އިއުލާނުކޮށްފަ އެވެ. މިކަމާއި ގުޅިގެން ސައުދު ވަނީ ޓްވީޓާގައި ރައްދުދީފަ އެވެ.

މިތިން މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިރު، ސުޕްރީމްކޯޓުން މިކަމުގައި އަދި ވަކިގޮތެއް ނިންމާފައެއް ނުވެ އެވެ.

 

 

 

 

- ކޮމެންޓް