ކ. މާލެ
|
15 ޑިސެންބަރ 2023 | ހުކުރު 08:05
ޙާމިދު ޝަފީޤް
ޙާމިދު ޝަފީޤް
ރައީސް އޮފީސް
ރައީސް އޮފީހުގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް ޙާމިދު ޝަފީޤް
އޭނާ ވަނީ ސިފައިންގެއަށް 33 އަހަރު ޚިދުމަތް ކޮށްދެއްވާފައި
އޭނާ ވަނީ ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ވެސް އަދާކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް ޙާމިދު ޝަފީޤު އައްޔަންކުރައްވައިފިއެވެ.

އޭނާ ވަނީ ސިފައިންގެއަށް 33 އަހަރު ޚިދުމަތް ކޮށްދެއްވާފައެވެ. އެ މަޤާމަށް އޭނާ އައްޔަންކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ.

Advertisement

ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު އޭނާ ހުންނެވީ މޭޖަރ ޖެނެރަލްގެ ރޭންކުގައެވެ. ސިފައިންގެ ވަޒީފާއިން ޙާމިދު ޝަފީޤް ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ މިދިޔަ އަންގާރަ ދުވަހުއެވެ.

އޭނާ ވަނީ ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ވެސް އަދާކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް