ކ. މާލެ
|
14 ޑިސެންބަރ 2023 | ބުރާސްފަތި 12:29
ބާސެލޯނާގެ ރައީސް ލަޕޯޓާ އަދި ކޯޗު ޒަވީ
ބާސެލޯނާގެ ރައީސް ލަޕޯޓާ އަދި ކޯޗު ޒަވީ
ރޮއިޓާސް
ބާސެލޯނާ
ޓީމު ބަދަލުކުރަން ކޯޗަށް، ރައީސްގެ ޕްރެޝަރެއްނެތް!
 
މެޗުން މޮޅުވެގެން ލިބޭ 2.8 މިލިއަން ހޯދަން ބާސެލޯނާ ބޭނުންވި: ކުލަބުގެ އޮފިޝަލެއް

ބާސެލޯނާގެ ޓީމަށް ބަދަލު ގެނެސް ވަކި ކުޅުންތެރިތަކެއް ޓީމުގައި ހިމެނީ ރައީސް ހުއާން ލަޕޯޓާގެ ޕްރެޝަރު އޮވެގެންނޫން ކަމަށް ސްޕޭންގެ ނޫސްތަކުން ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ބެލްޖިއަމްގެ ރޯޔަލް އެންޓްވެޕް އަތުން ބާސެލޯނާ ބަލިވި މެޗަށް ކޯޗު ޒަވީ ހަނާންޑޭޒް ފުރަތަމަ ބޭނުންވީ ތަޖުރިބާކާރު ބައެއް ކުޅުންތެރިން ލައްވައި ނުކުޅުވާށެވެ. ސަބަބަކީ ބާސެލޯނާ ދެ ވަނަ ބުރަށް ކޮލިފައިވެފައި އޮތުމުން ސްޕެނިޝް ލީގުގެ މެޗުތަކުގެ ކުރިން އަރާމުކުރަން ކުޅުންތެރިންނަށް ވަގުތުދޭށެވެ. އެ ކުޅުންތެރިންނަކީ ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ އާއި މިޑްފީލްޑަރު އިކާއީ ގުންޑޮގަން އާއި ފްރޭންކީ ޑިޔޮންގް އާއި ޑިފެންޑަރު ރޮނަލްޑް އަރައުހޯ އެވެ.

ނަމަވެސް ފަހު ވަގުތު ބާސެލޯނާއިން މި މެޗަށް މި ހުރިހާ ކުޅުންތެރިން ނެތި އެވެ. ޓީމާއެކު ގެންދިޔަ އެވެ. ގުންޑޮގަން އާއި ލެވޮންޑޯސްކީ ލައްވައި ކުޅުވި އެވެ.

ސްޕޭންގެ ބައެއް ނޫސްތަކުން ބުނަނީ މި ބަދަލު ކޯޗު ގެނައީ ބާސެލޯނާގެ މާލީ މައްސަލަތަކުގެ ސަބަބުން ކަމަށެވެ. އެއީ ޗެމްޕިއަންސް ލީގުގެ ކޮންމެ މެޗަކަށް އިނާމެއްގެ ގޮތުން ޔޫއޭފާއިން 2.8 މިލިއަން ޔޫރޯ ކަނޑައަޅާފައިވުމެވެ. ބާސެލޯނާގެ މެނޭޖްމަންޓުން ދެކޭ ގޮތުގައި ޓީމު ކޮލިފައިވެފައި އޮތަސް މެޗުތަކުން މޮޅުވެ މި އިނާމް ފައިސާ ހޯދުމަކީ މުހިންމު ކަމެކެވެ.

ސްޕެނިޝް ލީގުގައި ބާސެލޯނާ އެއްވަނާގައިވާ ޖެނޯރާއަށްވުރެ ހަތް ޕޮއިންޓް ފަހަތުން ހަތަރުވަނާގއި އޮތަސް ކޯޗާއި މެނޭޖްމަންޓްގެ ގުޅުން ގޯސް ނޫން ކަމަށް އެކުލަބުން އަންނަނީ ބުނަމުންނެވެ. ނަމަވެސް މިކަން ސްޕޭނުގެ ނޫސްތަކުން ދޮގުކުރެ އެވެ. އަދި ކޯޗުކަމުން ވަކިނުކޮށް ޒަވީ ބަހައްޓާފައިވަނީ އޭނާގެ މަގާމަށް ގެންނާނެ މޮޅު ކޯޗަކު ނެތުމުން ކަމަށް ވެސް މީޑިއާތަކުން ލަފާކުރެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް