ކ. މާލެ
|
14 ޑިސެންބަރ 2023 | ބުރާސްފަތި 11:04
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ ކޮޅުފުށީ ޖަވާހިރުވާދީ އަޙްމަދު ނަސީމް
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ ކޮޅުފުށީ ޖަވާހިރުވާދީ އަޙްމަދު ނަސީމް
ސޯޝަލްމީޑިއާ
ބުޅާ މާރާލި މީހާ
ބުޅާ މާރާލި މީހާ ބަންދުގައި ބަހައްޓާތީ ކަންބޮޑުވުން ފާޅުކޮށްފި
 
މިއީ އޭނާގެ ބަންދުގެ މުއްދަތު ޖެހި 3 ވަނަ ފަހަރު
 
ބުޅާ ގަޔަށް ވަޅި ހެރި ވީޑިއޯއަކީ ހަދާފައިވާ ވީޑިއޯއެއްކަމަށް ދޭވަހާ ގޮތަކަށް ވާހަކަ ދެއްކި

ބުޅަލަކަށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި މީހާ, އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނޭނގޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އޭނާ ބަންދުގައި ހުންނާތީ ކަންބޮޑުވުން ފާޅުކޮށްފައިވަނީ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ. ޖަނަވާރުންނަށް އަނިޔާވެރި އަމަލެއް ކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މ ކޮޅުފުށީ ޖަވާހިރުވާދީ އަޙްމަދު ނަސީމްގެ ބަންދުގެ މުއްދަތު 3 ފަހަރަށް ވަނީ ޖަހާފައެވެ. މިފަހަރު އޭނާގެ ބަންދަށް ދީފައިވަނީ 5 ދުވަހެވެ.

އޭނާ ބުޅަލަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ. އެގޮތުން ބުޅާ ކައިރިއަށް ގޮސް، ކުއްލިއަކަށް ވަޅިއަކުން އެ ބުޅަލަށް ޙަމަލާދޭތަނާއި، ޙަމަލާ ދިނުމާއެކު އެ ބުޅާ ދުއްވައިގަނެގެންދާ މަންޒަރު އެ ވީޑިއޯގައި ފެނެއެވެ. އަދި މި މައްސަލައިގައި ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މަޖިލީހުގައި އޭނާ ބުނީ، ވީޑިއޯއަކީ މިހާރު ކޮންމެ މީހަކަށްވެސް ހެދިދާނެ އެއްޗެއް ކަމަށެވެ.

އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރި ހާލަތުގެ ގޮތުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ގާނޫނު ނަންބަރު 12/2016 ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ 1 އަދި 3 ނަންބަރުގައި ބަޔާންކުރާ ކަންކަން ފުރިހަމަވާކަމަށް ބެލެވުން ކަމަށެވެ.

އޭނާއަކީ ހައްޔަރު/ބަންދު ލޮގް އޮތް ފަރާތެއްކަންވެސް ކޯޓު އަމުރުން އެނގެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް