ކ. މާލެ
|
13 ޑިސެންބަރ 2023 | ބުދަ 20:53
އިންޑިޔާ ސިކް ދީނުގެ ޓެރަރިސްޓް ގުރުޕަތުވަންތު ސިންގ ޕަންނޫ
އިންޑިޔާ ސިކް ދީނުގެ ޓެރަރިސްޓް ގުރުޕަތުވަންތު ސިންގ ޕަންނޫ
ވަޔަން
އިންޑިޔާގެ ޕާލަމެންޓަށް ސްމޯކް ބޮން އުކުން
އިންޑިޔާގެ ޕާލަމެންޓަށް ބަޔަކު ވަދެ، ސްމޯކް ބޮން އުކައިފި
 
2001 ވަނަ އަހަރުވެސް ޑިސެމްބަރު 13 ވަނަ ދުވަހު އިންޑިޔާގެ ޕާލަމެންޓަށް ވަނީ ޓެރަރިސްޓް ހަމަލާއެއް ދީފައި

އިންޑިޔާގެ ރައްޔިތުންގެ މަޖިލީހުގެ ތިރިގެ ނުވަތަ ލޮކްސަބާގެ ބައްދަލުވުމެއް ބުދަ ދުވަހު ކުރިއަށްދަނިކޮށް، ދެމީހަކު ސިއްރުން އިމާރާތަށް ވަދެ ސްމޯކް ބޮން އުކައިފިއެވެ. ސެކިއުރިޓީއަށް ނޭނގި ވަނުމަށްފަހު މެހެމާނުންގެ ގެލެރީން ދެމީހުން ފުންމާލައިގެން މަޖިލީހުގެ މެމްބަރުންގެ ތެރެޔަށް ގޭސް ކެނިސްޓަރތަކެއް އުކުމުގެ ސަބަބުން، އެތަނުގެތެރޭގައި ހަލަބޮލިކަން އިތުރުވެގެން ގޮސްފައިވެއެވެ. ދެމީހުން ތިރިޔަށް ފުންމާލުމަށްފަހު ކެނިސްޓަރތައް ނެގީ އެމީހުން އަރައިގެން ތިބި ބޫޓުންކަމަށް މަންޒަރު ދުށް މެމްބަރުން ބުނެފައިވެއެވެ. އެއަށްފަހު އެތަން މިތަނަށް އެތަކެތި އުކާފައިވެއެވެ. ސެކިއުރިޓީ ގާޑުން ވަނީ ފަހުން އެ ދެ މީހުން ހިފަހައްޓާފައެވެ. އަދި ތަހުގީގު ކުރިޔަށް ދާކަމަށް އޮފިޝަލުން ވިދާޅުވެފައިވެއެވެ.

ބުދަ ދުވަހުގެ ހަމަލާގެ ހަފުތާއެއް ކުރިން، ޓެރަރިސްޓެއްގެ ގޮތުގައި އެންމެން ދަންނަ، ސިކް ދީނުގެ މީހެއް ކަމަށްވާ ގުރުޕަތުވަންތު ސިންގ ޕަންނޫ ކިޔާ މީހަކު ވަނީ 13 ޑިސެމްބަރުގައި އިންޑިޔާގެ ޕާލަމެންޓަށް ހަމަލާއެއް ދޭނެކަމަށް ބުނެ އިންޒާރުދީފައި ކަމަށް ވެއެވެ. ނަމަވެސް އެމެރިކާ އަދި ކެނެޑާގެ ސިޓިޒަންޝިޕް އޮންނަ ޕަންނޫއާ މިއަދުގެ ހަމަލާއާ ގުޅުމެއް ވާކަން އަދި ޔަގީން ނުކުރެވޭ ކަމަށް ޚަބަރުތައް ބުނެއެވެ.

2001 ވަނަ އަހަރުވެސް ހަމަ ޑިސެމްބަރު 13 ވަނަދުވަހު ޓެރަރިސްޓުން އިންޑިޔާގެ ޕާލަމެންޓަށް ހަމަލާދީ، 9 މީހުން މަރާލާފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް