ކ. މާލެ
|
12 ޑިސެންބަރ 2023 | އަންގާރަ 14:25
ޓެރެރިޒަމް ދައުވާ އުފުލާފައިވާ ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސް
ޓެރެރިޒަމް ދައުވާ އުފުލާފައިވާ ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސް
ރާއްޖެއެމްވީ
ފުލުހުންގެ ލޯންޗު ރޯކޮށްލުން
ފުލުހުންގެ ލޯންޗު ރޯކޮށްލި މައްސަލަ: ދެން އޮތީ ޚުލާސާ ބަޔާން އިއްވުން
 
މި އަޑުއެހުމުގައި މޫސާ އިނާސްގެ އަންހެނުން ވަނީ ހެކިބަސް ދީފައި
 
މި މައްސަލައިގައި މިހާރު ދެފަރާތުގެ ހެކިބަސްތައް ވަނީ ނަގައި ނިންމާފައި

ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗުގައި ރޯކޮށްލާފައިވާ މައްސަލައިގައި މޫސާ އިނާސްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އޭނަގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދު ކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

ދައުލަތުން ބުނާ ގޮތުގައި ފުލުހުންގެ ލޯންޗެއް ރޯކޮށްލި މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އިނާސްގެ ގެ ބަލާ ފާސްކުރުއިރު، ފެނުނު ލެޕްޓޯޕެއްގެ ހާޑް ޑިސްކް ތަހުލީލު ކުރިއިރު، ޓެރެރިސްޓް ޖަމާއަތްތައް ކަމަށްވާ، އިސްލާމިކް ސްޓޭޓް އާއި އަލްގައިދާ އަށް ތާއީދު ކުރާކަން ދޭހަކޮށްދޭ ލިޔުންތަކާއި ވީޑިއޯ ފެނިފައިވެއެވެ.

އެހެންނަމަވެސް މީގެ ކުރިން ހެކިބަސް ދިން ދިފާއީ ހެކިވެރިން ވަނީ އެތަކެތި ފެނިފައިވާ ތަނަކީ އެގޭގައި ތަފާތު އެކި ތަކެތި ރައްކާތެރި ކުރުމަށް ގުދަނެއްގެ ގޮތުގައިވެސް ބޭނުންކުރާ ތަނެއްކަމަށް ބުނެފައެވެ. އެތަނުގައި ދުވަސްކޮޅެއްވަންދެން ބަންގްލަދޭޝް މީހަކުވެސް އުޅުނުކަމަށް ހެކިވެރިން ބުނެއެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމުގައި މޫސާ އިނާސްގެ އަންހެނުން ވަނީ ހެކިބަސް ދީފައެވެ. އޭނާ ބުނީ، އެގޭގައި ކުއްޔަށް އުޅޭ ބިދޭސީއެއް އުުޅުނުކަމަށެވެ. ނަމަވެސް ފުލުހުން އެ ގެއަށް އައީ ބިދޭސީ މީހާ ދިޔަތާ ދެހަފްތާއެއްހާ ދުވަސްތެރޭގައި ކަމަށާއި، އޭނާ ދިޔައީ ކޮންތާކަށްކަމެއްވެސް ނޭނގޭކަމަށް އޭނާ ބުންޏެވެ.

އޭނާ ދިޔައިރު އެތަނުގައި އޭނާ ގެންގުޅުނު ބައެއް އިލެކްޓްރޯނިކް ސާމާނުވެސް ހުރި ކަމަށާއި، އެތަނަކީ މޫސާ އިނާސް ވަދެ އުޅޭ ތަނެއް ނޫންކަމަށްވެސް ހެކިވެރިޔާ ބުންޏެވެ. އެތަނަށް މޫސާ އިނާސް ވަންނަންޖެހޭ ސަބަބެއްވެސް ނެތްކަމަށް އޭނާ ބުންޏެވެ.

މި މައްސަލައިގައި މިހާރު ދެފަރާތުގެ ހެކިބަސް ނަގައި ނިންމާފައިވާއިރު، ދެން އޮންނާނީ މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވެވުމެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަވަނީ ގާޒީ ސޮފްވަތު ޙަބީބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް