Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2025 | ބުރާސްފަތި 11:11
ރާއްޖެޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރިއިރު މުޒާހަރާއެއް ކަވަރު ކުރަމުންދަނިކޮށް ހުސެއިން ހައްޔަރުކުރަނީ- ފައިލް ފޮޓޯ
ރާއްޖެޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރިއިރު މުޒާހަރާއެއް ކަވަރު ކުރަމުންދަނިކޮށް ހުސެއިން ހައްޔަރުކުރަނީ- ފައިލް ފޮޓޯ
ފާތިމަތު ޝަނާ މުހައްމަދު
ހުސެއިން ހައްޔަރުކުރުން
ހުސެއިންއާ ބައްދަލެއް ނުކުރެވޭ، އަތުގައި ބިޑި އެޅުވުމުގެ ތެރޭގައި އަތަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވޭ: ވަކީލު
ބުދަ ދުވަހުގެ ރޭ ހުސެއިން އަތޮޅުވެއްސަށް ވަނީ ގޮސްފައި
ބުރާސްފަތި ދުވަހު ބަންދުގެ މުއްދަތު ޖެހުމަށް ގެންނާނެ ކަމެއް ނުވަތަ ނޫންކަން ވެސް ނޭނގޭ
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުސެއިން ކޮށްފައިވަނީ ކޮން އަމަލެއްކަން ސާފުކޮށް ނުދޭ

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު ހުސެއިން ހަސަންގެ އަތުގައި ބިޑި އެޅުވުމުގެ ތެރޭގައި އަތަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިން ކަމަށް އޭނާގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެއެވެ.

ހުސެއިން ހަސަން ހައްޔަރުކުރުމާއި ގުޅިގެން ސާޖަންޓު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ސަރަހައްދުގައި ހުންނަވައި މީޑީއާތަކަށް ހުސެއިން ހަސަންގެ ގާނޫނީ ވަކީލު ވިދާޅުވީ ހުސެއިން ބައްދަލު ކުރުމަށް އެދުނު ނަމަވެސް ބުދަ ދުވަހުގެ ރޭ ބައްދަލުނުވާނެ ކަމަށާއި، ބުރާސްފަތި ދުވަހުގެ ދުވާލު ވަގުތެއްގައި ބައްދަލުވާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ހުސެއިން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ވަކީލު ވިދާޅުވީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުސެއިންގެ ފަރާތުން ކޮށްފައިވަނީ ކޮން އަމަލެއްކަން ސާފުކޮށްދިނުމަށް އެދުނު ނަމަވެސް އެކަން ފުލުހުންގެ ފަރާތުން ސާފުކޮށްދީފައިނުވާ ކަމަށެވެ.

މީގެ އިތުރުން ވަކީލު ވިދާޅުވީ ހުސެއިންގެ އަތުގައި ބިޑި އެޅުވުމުގެ ތެރޭގައި އަތަށް އަނިޔާވި ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ހުސެއިންއާ ބައްދަލުވެފައިނުވާތީ އެކަމުގެ ހަގީގަތް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ރޭ ހުސެއިން އަތޮޅުވެއްސަށް ވަނީ ގޮސްފައެވެ. ބުރާސްފަތި ދުވަހު ބަންދުގެ މުއްދަތު ޖެހުމަށް ގެންނާނެ ކަމެއް ނުވަތަ ނޫންކަން ވެސް ނޭނގޭ ކަމަށް ވަކީލު ވިދާޅުވިއެވެ.

ގިނަބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކުރީގެ ނޫސްވެރިޔާ ހުސެއިން ހައްޔަރުކޮށްފައިވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ހުސެއިން ހައްޔަރު ކުރީ، ޕީޓްރަލް ސަރަހައްދުގައި ފުލުހުން ހިންގަމުން ދިޔަ ހަރަކާތެއްގެ މަންޒަރު ރެކޯޑު ކުރުމުގެ ސަބަބުން ކަމަށާއި، އޭނާ ހައްޔަރު ކުރީ ވަރަށް ހަރުކަށިކޮށް އަނިޔާވެރިކަމާއެކު ކަމަށް ވެސް މަންޒަރު ދުށް މީހަކު ބުނެފައިވެއެވެ.

ހުސައިން ހައްޔަރު ކުރުމާ ގުޅޭ ގޮތުން ފުލުހުން ބުނީ އޭނާ "ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ދިޔަ ސީނެއްގެ ތެރެއަށް ވަދެ ފޮޓޯ/ވީޑިއޯ ނަގަން ފެށުމުން، ފުލުހުންގެ މަސައްކަތަށް ދަތި ނުވާނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރި ވުމުން އެކަމަށް ޖަދަލުކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް ސީން ތެރެއަށް ވަދެ އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތް ކޮށްފައިވާތީ، އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތުގައި،" ކަމަށެވެ.

- ކޮމެންޓް