ކ. މާލެ
|
12 ޑިސެންބަރ 2023 | އަންގާރަ 14:16
ރައީސް، ފޮރިން ސެކްރެޓަރީއާ ލިޔުން ހަވާލުކުރައްވަނީ
ރައީސް، ފޮރިން ސެކްރެޓަރީއާ ލިޔުން ހަވާލުކުރައްވަނީ
ރައީސް އޮފީސް
ފޮރިން ސެކްރެޓަރީ
ފުރަތަމަ ފަހަރަށް ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަންކޮށްފި
 
ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މައްޗަންގޮޅި ރެސްޓިންގހައުސް، ފާތިމަތު ޢިނާޔާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮރިން ސެކްރެޓަރީގެ މަގާމަށް މައްޗަންގޮޅި ރެސްޓިންގހައުސް، ފާތިމަތު ޢިނާޔާ އައްޔަނުކުރައްވައިފިއެވެ.

މިއީ ރާއްޖޭގެ ފޮރިން ސެކްރެޓަރީގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރެވެ. އިނާޔައާ މަގާމުގެ ފަތްކޮޅު ހަވާލު ކުރެއްވީ އަންގާރަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް މުއިއްޒުއެވެ.

އިނާޔާ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މިނިސްޓަރުގެ ނައިބުގެ މަގާމުގައެވެ. އޭނާ ފޮރިން ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުޞަތު ހޯދައިދިނުމަކީ މި ސަރުކާރުން ގެންގުޅޭ މުހިންމު ސިޔާސަތެއް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް