ކ. މާލެ
|
9 ޑިސެންބަރ 2023 | ހޮނިހިރު 05:39
އައްޑޫ ސިޓީގައި ފުލުހުން ކުރިޔަށްގެންދާ ޚާއްސަ އޮޕަރޭޝަން
އައްޑޫ ސިޓީގައި ފުލުހުން ކުރިޔަށްގެންދާ ޚާއްސަ އޮޕަރޭޝަން
ރާއްޖެއެމްވީ
އައްޑޫ ސިޓީ މާރާމާރީ
މާރާމާރީ ހިންގުމަށް ބޭނުންކުރާ ތަކެތި އައްޑޫ ސިޓީ ހިތަދޫން ހޯދައިފި
 
ހޯދި ތަކެތީގެ ތެރޭގައި މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރިކަމަށް ބެލެވޭ ތޫނު ހަތިޔާރު، މޫނު ނިވާކުރުމަށް ބޭނުންކުރާ މާސްކު، އަންގި، އަންނައުނު އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނޭ
 
އައްޑޫ ސިޓީގައި މިފަހުން ދެ މާރާމާރީއެއް ވަނީ ހިންގާފައި

އައްޑޫ ސިޓީ ހިތަދޫގައި ގްރޫޕު ހަދައިގެން އެއްވެ އުޅޭ އުސްގަނޑު ބީޗު ސަރަހައްދު ބަލައި ފާސްކޮށް، ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރާ އެހެނިހެން ތަކެތި ހޯދައިފިއެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނީ ހުކުރު ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މިތަކެތި ހޯދާފައިވަނީ އުސްގަނޑު ބީޗުގެ އެކި ސަރަހައްދުތަކުގައި ފޮރުވާފައި ހުއްޓައިކަމަށެވެ. އެތަނުން ހޯދި ތަކެތީގެ ތެރޭގައި މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރިކަމަށް ބެލެވޭ ތޫނު ހަތިޔާރު، މޫނު ނިވާކުރުމަށް ބޭނުންކުރާ މާސްކު، އަންގި، އަންނައުނު އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނެއެވެ. ފުލުހުން ވަނީ ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހު އައްޑޫ ސިޓީގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.

މި އޮޕަރޭޝަންގައި ހިތަދޫ ޕޮލިސް ސްޓޭޝަން، ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް، ސްޕެޝަލިސްޓް އޮޕަރޭޝަންސް އަދި އިންޓެލިޖެންސް ވަނީ ހަރަކާތްތެރިވެފައިވެއެވެ.

އައްޑޫ ސިޓީގައި މި ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހާއި 3 ވަނަ ދުވަހު ހިންގި ގްރޫޕު މާރާމާރީތަކާ ގުޅިގެން، ގޭންގު ހަދައިގެން މާރާމާރީ ހިންގާ މީހުން ހުއްޓުވުމަށް ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން، ތުހުމަތުކުރެވޭ ގޮތަށް ގްރޫޕު ހަދައިގެން އެއްވެތިބޭ މީހުން ބަލައި ފާސްކުރުމާއި އާންމުކޮށް މީހުން އެއްވާ ތަންތަނާއި ގޭބިސީތައް ވެސް ފުލުހުން ގެންދަނީ ބަލައި ފާސްކުރަމުންނެވެ.

ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހު ހިންގި މާރާމާރީގައި 30 އަހަރުގެ މީހަކަށް ސީރިއަސް އަނިޔާތަކެއްވެ ވަނީ އައިޖީއެމްއެޗަށް ގެނެސްފައެވެ. އަދި އޭގެފަހުން ހިންގި މާރާމާރީގައި 20 އަހަރުގެ ފިރިހެނަކަށް ވަނީ އަނިޔާވެފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި ދެ މަރާމާރީއާ ގުޅިގެން މިހާތަނަށް 12 މީހަކު ހައްޔަރުކޮށްފައިވާއިރު، 21 އަހަރުގެ މީހަކު ވަނީ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން