ކ. މާލެ
|
8 ޑިސެންބަރ 2023 | ހުކުރު 20:52
އުރީދޫ ފަން ރަން
އުރީދޫ ފަން ރަން
އުރީދޫ
އުރީދޫ ފަން ރަން 2023
އުރީދޫ ފަން ރަން 2023: ލިމިޓެޑް ސްލޮޓާއެކު ރަޖިސްޓްރޭޝަނަށް އަލުން ހުޅުވާލައިފި
 
އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ލިބެން ހުންނާނެ

ގިނަ އަދަދެއްގެ ރިކުއެސްޓް އާއި އެކު އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުޞަތު ލިމިޓެޑް ސްލޮޓާއެކު ހުޅުވާލައިފިއެވެ.

5000ށްވުރެ ގިނަ ބައިވެރިން މި އުފާވެރި ދުވުމުގައި މިހާރުވެސް ބައިވެރިވާނެ ކަމަށް ބެލެވޭއިރު ރަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ދުވުންތެރިންނަށް މިހާރު މޫލީ މެދުވެރިކޮށް ބޭނުންވާ ފަން ރަން ކިޓަށް އޯޑަރު ކޮށްhttps://mool.ee/funrun2023ރެޖިސްޓަރ ކުރެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ލިބެން ހުންނައިރު އެއީ 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑާއި 200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާއެވެ.

އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ 22 ޑިސެމްބަރު 2023 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާރކުގައެވެ. 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް