ކ. މާލެ
|
30 ނޮވެންބަރ 2023 | ބުރާސްފަތި 19:32
އުރީދޫ ފަން ރަންގެ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް، އެތަނުގެ ހެޑްކުއާޓަރުގައި ދައްކާލަނީ
އުރީދޫ ފަން ރަންގެ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް، އެތަނުގެ ހެޑްކުއާޓަރުގައި ދައްކާލަނީ
ރާއްޖެއެމްވީ
އުރީދޫ ފަންރަން
"އުރީދޫ ފަން ރަން" ތަފާތު އެކި ހަރަކާތްތަކާއެކު، ރަޖިސްޓްރީވުމުގެ ސުންގަޑި މިރޭ 12އަށް ހަމަވާނެ
 
ރަޖިސްޓްރީވުމުގެ ފުރުސަތު މިރޭ 12:00އަށް ހަމަވާނެ

"ފަން ރަން 2023" ފެށުމުގެ ކުރިން ބައެއް ހަރަކާތްތައް ހިމެނޭ ގޮތަށް، އުރީދޫ ހެޑްކުއާޓަރުގައި ކުޑަ ހަފްލާއެއް ބާއްވައިފިއެވެ.

"ފަން ރަން 2023" ރަޖިސްޓްރީވުމުގެ ފުރުސަތު މިރޭ 12:00އަށް ހަމަވާނެ ކަމަށް އުރީދޫއިން ބުނެއެވެ. މި މުއްދަތުގެ ކުރިން އުރީދޫއިން ވަނީ އެ ކުންފުނީގެ ހެޑްކުއާޓަރުގައި ބައެއް ހަރަކާތްތައް ދައްކާލައި، ހަބޭސް ބޮޑުބެރު ގްރޫޕާއެކު ކުޑަ ހަފްލާއެއްވެސް ބާއްވާފައެވެ.

އުރީދޫއިން ބުނީ ގިނަ ބަޔަކު އިންތިޒާރުކުރާ އުރީދޫ ފަން ރަންއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެންމެ އުފާވެރި ދުވުން ކަމަށެވެ.

މި އަހަރު ބާއްވަން ހަމަޖެހިފައިވާ ފަން ރަންގެ ބައިވެރިންނަށް އަދި އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމުގެ ގޮތުން އުރީދޫއިން ވަނީ ބައިވެރިންނަށް ލިބޭ ބިބް ކަސްޓަމައިޒްކޮށް، ބޭނުންވާ ނަން ޖެހުމުގެ ފުރުސަތުވެސް ފަހިކޮށްދީފައެވެ.

އުރީދޫ ފަން ރަން ބިބްގައި ނަންޖަހާނެ ގޮތާ ގުޅޭގޮތުން އުރީދޫއިން ބުނީ، މޫލީން ރެޖިސްޓްރީ ކުރުމަށްފަހު، ބޭނުންވާ ކިޓާއި ސައިޒު އިޚްތިޔާރުކޮށް ކާޓަށް އެޑްކުރެވޭނެ ކަމަށެވެ. ކާޓް އިޚްތިޔާރުކޮށް ޗެކްއައުޓް ކުރުމަށްފަހު، ޑެލިވަރީ އެޑްރެސް އިޚްތިޔާރު ކުރެވޭނެއެވެ. އަދި ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސްގައި، ބިބްގައި ޖަހަން ބޭނުންވާ ނަން (ގިނަވެގެން 7 އަކުރު) ޖެހުމަށްފަހު އޯޑަރު ކަށަވަރުކުރުމަށް ފައިސާ ދައްކަންޖެހޭ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެން ހުންނާނެއެވެ. އޭގެތެރޭގައި 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނެއެވެ. އަދި 200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލް އަދި މަލްޓިޕަރޕަސް ބަންޑާނާ ހިމެނެއެވެ.

މީގެ އިތުރުން އުރީދޫއިން ބުނީ 6 އަހަރުން މަތީގެ ހުރިހާ މީހުންނަށް ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވާކަމަށެވެ. އަދި ތަފާތު ހަރަކާތްތަކެއް ހިމެނޭ، 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ މީހުންނާއި އާންމުކޮށް ދުވާ މީހުންނަށްވެސް މަޖާވާނެ ދުވުމެއް ކަމަށެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވައިދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލައިގެ އިތުރުން ފެނާއި ފޯމް އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ފަން ރަންގެ ހަރަކާތްތަކުގެ ތެރޭގައި 22 ޑިސެންބަރު 2023ވާ ހުކުރު ދުވަހު ހެނދުނު ހުޅުމާލޭގައި އުރީދޫ ޑްރޯން ރޭސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް