Advertisement
ކ. މާލެ
|
7 ޑިސެންބަރ 2023 | ބުރާސްފަތި 18:00
މާލޭގެ ކޮންސްޓްރަކްޝަން ސައިޓެއް
މާލޭގެ ކޮންސްޓްރަކްޝަން ސައިޓެއް
ރާއްޖެއެމްވީ
ޕްރޮޕޯސަލް ހުށަހެޅުން
ބިޑްނުކޮށް ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅޭ އުސޫލު އުވާލައިފި
އުސޫލު އުވާލާފައިވަނީ ބުދަ ދުވަހުން ފެށިގެން

ސަރުކާރުގެ މަޝްރޫއުތަކަށް، ބިޑްނުކޮށް ޕްރޮޕޯސަލް ހުށަހެޅޭގޮތަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހަދާފައިވާ އުސޫލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުވާލައްވައިފިއެވެ.

އުސޫލު އުވާލެއްވިކަން ބުދަ ދުވަހު ގެޒެޓްގައި ވަނީ އިއުލާންކޮށްފައެވެ. އެ އިއުލާނުގައި ބުނެފައިވަނީ، ބުދަ ދުވަހުން ފެށިގެން އެ އުސޫލު އުވާލާފައިވާކަމަށެވެ.

Advertisement

މާލިއްޔަތު ގަވާއިދުގެ ދަށުން އެކުލަވާލި ގަވާއިދުގައި، ދެ ދާއިރާއަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފައެވެ. އެގޮތުން ޕްރޮޕޯސަލް ހުށަހަޅަން އެ އުސޫލުން ފުރުސަތު ދީފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ ވަކި މަޝްރޫއަކަށް ނުފެތޭ، ނަމަވެސް ސަރުކާރުގެ ތަރައްގީގެ އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަދަ މަޝްރޫއުތަކާގުޅޭ ޕްރޮޕޯސަލާއި، ސަރުކާރުގެ ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންތައްތައް އީޖާދީ ގޮތެއްގައި (އިނޮވޭޓިވް ގޮތެއްގައި) އަދި ފުދުންތެރި ގޮތެއްގައި ހާސިލުކުރުމަށް މަގުފަހިކޮށްދިނުމަށް ހުށަހަޅާ ޕްރޮޕޯސަލްތަކެވެ.

އާއްމު އުސޫލެއްގެ ދަށުން ސަރުކާރުން ހިންގާ މަޝްރޫތައް ހަވާލުކުރަނީ، އެ މަޝްރޫއެއް ހިންގުމަށް އިއުލާން ކުރުމުން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ފަރާތެއް ބެލުމަށްފަހުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް