Advertisement
ކ. މާލެ
|
27 ޖުލައި 2017 | ބުރާސްފަތި 10:48
އޭދަފުށި ހޮސްޕިޓަލް
އޭދަފުށި ހޮސްޕިޓަލް
ފޭސްބުކް
އޭދަފުށި
އޭދަފުށިން ކަރަށްޓް ކަނޑާލައިފި
ކަރަންޓް ކަނޑާލާފައިވަނީ އަލަށް ގެނައި އިންޖީނު އިންސްޓޯލް ކުރުމަށް ކަމަށް މައުލޫމާތު ލިބޭ

ބ. އޭދަފުށިން ކަރަންޓް ކަނޑާލައިފި އެވެ.

"ރާއްޖެއެމްވީ"އަށް މައުލޫމާތުދިން ފަރާތުން ބުނީ އޭދަފުށިން ކަރަންޓް ކަނޑާލާފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އެހާކަންހާއިރު އެވެ.

އޭދަފުށި ކަރަންޓް މައްސަލައާއި ގުޅިގެން އޭދަފުށި ކައުންސިލް ބެމްބަރަކު ވިދާޅުވީ ކަރަންޓް ކަނޑާލާފައިވަނީ އެރަށަށް އަލަށް ގެނައި ޖަނަރޭޓަރު އިންސްޓޯލް ކުރުމަށް ކަމަށެވެ. އަދި ވަރަށް އަވަހަށް ކަރަންޓްގެ ހިދްމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން 24 ގަޑިއިރު ކަރަންޓް ޔަގީންވާނެ ކަމަށް ބުނެފައިވީނަމަވެސް، ރާއްޖޭގެ އެކިއެކި ރަށްރަށަށް ވަނީ ކަރަންޓްގެ މައްސަލަތައް ކުރިމަތިވެފަ އެވެ.

ރާއްޖޭގެ އެންމެ ގިނަ މީހުން ދިރިއުޅޭ މާލެ ސިޓީން ވެސް ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލައަކީ ބޮޑު މައްސަލައަކަށް ވަނީ ވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް
27 ޖުލައި 2017 | ބުރާސްފަތި 11:43
އެންޓިފިތުނަ
ކަރަންޓް ކަނޑާލީތަ ނޫނީ ކަރަންޓްގެ ފެންވަރު މަތިކުރަން އެހެން ޖަނަރޭޓަރެއް އިންޓޯލްކުރީތަ. ފިތުނަ އުފެއްދިޔަސް މިދެން ބޮޑުވަރު