Advertisement
ކ. މާލެ
|
27 ޖުލައި 2017 | ބުރާސްފަތި 09:00
މެމްބަރު އިބޫ އާއި ފަލާހު
މެމްބަރު އިބޫ އާއި ފަލާހު
ރާއްޖެއެމްވީ
މެމްބަރުން ހާޒިރުކުރުން
އިބޫ އާއި ފަލާހް ފުލުހަށް ހާޒިރުވުމަށް އަންގައިފި
ޙާޒިރުވުމަށް އަންގާފައިވަނީ ހުސައިން އާދަމް ބިލްޑިންގ އަށް
ހާޒިރު ކުރަނީ ސަފުތައް ފަޅާލާފައިވާ މައްސަލައިގަ

އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންވަރު ދާއިރާގެ މެމްބަރު އިބްރާހިމް  މުހައްމަދު ސޯލިޙް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.

 

އިބޫ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ ޖުލައި 27 ވަނަ ދުވަހުގެ ހަވީރު 17:00ގައެވެ. މިއީ އިބޫ ޕޮލިހަށް ހާޒިިިރުކުރާ ފުރަތަމަ ފަހަރެވެ. 

މީގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހްވެސް ވަނީ ބުރާސްފަތި ދުވަހު 15:00އަށް ފުލުހަށް ހާޒިރުވުމަށް އަންގާފައެވެ.

މި ދެބޭފުޅުންވެސް ހާޒިރުކުރަނީ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީސް އިދާރާ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލާފައިވާ މައްސަލައިގަ އެވެ.

 

ކުރެވޭ ތުހުމަތުގެ ހުލާސާގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލާފައިވާ މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށް ކަމަށް ފުލުހުންނަށް ހާޒިރުވުމަށް އަންގާ ޗިޓްގައި ވަނީ ބަޔާންކޮށްފަ އެވެ.

 

ފުލުހުންގެ ސަފުތައް ފަޅާލި ކަމަށް ތުހްމަތުކޮށް، އެ މެމްބަރުންނަށް ފުލުހުން ޗިޓް ފޮނުވަން ފަށާފައިވާއިރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ބުދަ ދުވަހުގެ ރޭ 8:00 އަށް ޕޮލިހަށް ހާޒިރުވެފައެވެ. ވަކީލަކާއެކި ޕޮލިހަށް ހާޒިރުވުމަށް ރިޔާޒަށް ފުރުސަތު ދީފައިވާއިރު، އޭނާ ހާޒިރުވާން ޖެހެނީ މިއަދު 1:00 އިރު އެވެ. 

 

ރާއްޖެޓީވީއަށް ވާހަކަދައްކަވަމުން، އަބްދުﷲ ރިޔާޒް ވިދާޅުވީ، ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި، މަޖިލީސް ބަންދުކޮށްގެންވެސް އުޅެނީ މި ސަބަބުތަކަށްޓަކަ އެވެ.

 

ރައީސް ޔާމީނަށް ކުރިއަށް އޮތްތަނުގައިވެސް ތާއީދު ދާނީ ގެއްލެމުންކަމަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން، ކުރަމުންދާ މަސައްކަތްތައް ހުރަސް އެޅުމަށް ކުރާ މަސައްކަތްތައް ކާމިޔާބު ނުވާނެ ކަމަށެވެ.

 

ފުލުހުންގެ ސަފުތައް ފަޅާލި ކަމަށް ބުނެ މެމްބަރުން ފުލުހަށް ހާޒިރު ކުރަމުންދާއިރު 2012 ވަނަ އަހަރު އޭރު ވިލިމާފަންނު ދާއިރާގެ  މެމްބަރަކަށް ހުންނަވައި އަހްމަދު ނިހާން ހުސެއިން މަނިކު ފުލުހުންގެ ބެރިކޭޑް ފަޅާލި މައްސަލަ މިއަދާއި ހަމައަށްވެސް ފުލުހުން ބަލާފައެއް ނުވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް