މާފުށީ ޖަލުގެ ޔުނިޓެއްގައި ތިބި ގައިދީންނާއި ޖަލު އޮފިޝަލުންނާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ޖަލު ބަލަހައްޓާ އޮފިޝަލަަކަށް އަނިޔާވެއްޖެ އެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތުދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ގައިދީންތަކާއި ޖަލު ބަލަހައްޓާ އޮފިސަރުންނާއި ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައި ވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. ގައިދީންތަކަކާއި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލްވެ، އާންމު ހާލަތަށް ގެނެވިފައި ވަނީ މެންދުރު ހާއިރު ކަމަށް ކަރެކްޝަނަލް ސަރވިސަސް އިން ބުނެ އެވެ.
އަނިޔާވި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުގެ އަނގަމަތި ފަޅައިގެންދިއުމުން އައިޖީއެމްއެޗުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާއިދީން ހަމަނުޖެހުންތަކެއް ހިންގާފައިވާ އިރު ދޭތެރެ ދޭތެރެއިން ޖަލުގެ ގޮޅިތަކުގައި ހަމަނުޖެހުންތައް ހިނގާ އޮފިޝަލުންގެ އިިތުރުން ގާއިދީންނަށް ވެސް އަނިޔާވުމުގެ ހާދިސާތައް ހިނގަ އެވެ.