ކ. މާލެ
|
2 ޑިސެންބަރ 2023 | ހޮނިހިރު 23:07
އައްޑޫ ސިޓީ
އައްޑޫ ސިޓީ
އަހުމަދު ފާރިސް
އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން
އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މާލެއިން އިތުރު ޓީމުތައް ފޮނުވަނީ
 
މާލެ އާއި އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގޮތުން ޚާއްސަ މަސައްކަތްތަކެއް ފުލުހުން ވަނީ ފަށާފައި
 
ފުލުހުން ބުނީ އައްޑޫ ސިޓީގައި ހިނގާ ދިޔަ މާރާމާރީ އާ ގުޅުންހުރި ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް

އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މާލެއިން އިތުރު ޓީމުތައް އައްޑޫ ސިޓީއަށް ފޮނުވުމުގެ މަސައްކަތްކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީގައި ހިންގި މާރާމާރީގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފައެވެ. ޒަޚަމްވި މީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭނާގެ ހާލު ސީރިއަސްކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އައްޑޫ ސިޓީގައި ހިނގާ ދިޔަ މާރާމާރީ އާ ގުޅުންހުރި ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

މީގެއިތުރުން މިދުވަސްވަރު މާލެ ސިޓީގައިވެސް އަންނަނީ މާރާމާރީތައް ހިންގަމުންނެވެ. އެކަމާއި ގުޅިގެން ފުލުހުން ބުނީ ނޮވެމްބަރ 29 ވަނަ ދުވަހު މާލޭގައި ހިނގާދިޔަ މާރާމާރީ އާއި ޑިސެމްބަރ 1 ގައި އައްޑޫ ސިޓީގައި ހިނގާދިޔަ މާރާމާރީއާ ގުޅިގެން މާލެ އާއި އައްޑޫ ސިޓީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގޮތުން ޚާއްސަ މަސައްކަތްތަކެއް ފުލުހުން ފަށާފައިވާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި