ކ. މާލެ
|
2 ޑިސެންބަރ 2023 | ހޮނިހިރު 13:08
މާލެސީޓީގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް އެމްޑީޕީ ޕްރައިމަރީގައި ފޯމް ހުށަހަޅުއްވަނީ
މާލެސީޓީގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް އެމްޑީޕީ ޕްރައިމަރީގައި ފޯމް ހުށަހަޅުއްވަނީ
ރާއްޖެއެމްވީ
މާލެ ސިޓީ ކައުންސިލުގެ ބައި އިލެކްޝަން
އެމްޑީޕީގެ ފަރާތުން މޭޔަރު ކަމުގެ ޓިކެޓު އާޒިމްއަށް ޔަގީން ވެއްޖެ
އެ މަގާމަށް ކުރިމަތިލުމަށް، އެމްޑީޕީގެ ފަރާތުން އެންމެ ފަހު ވަގުތެއްގެ ގޮތުގައި ކަނޑައެޅީ ހުކުރު ދުވަހުގެ ހަވީރު ހަތަރެއް ޖެހުމާ ހަމައަށް

އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމުގެ މަގާމުގައި ވާދަ ކުރެއްވުމަށް ނަން ހުށަހެޅުއްވި، އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އަށް އެމްޑީޕީގެ ޓިކެޓް ޔަގީން ވެއްޖެ އެވެ.

އެމްޑީޕީގެ ފަރާތުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ވާދަ ކުރައްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލި ފަހުން އެ މަގާމަށް ކުރިމަތި ލެއްވީ އާޒިމް އެކަންޏެވެ. އެކަން އެމްޑީޕީގެ ފަރާތުން ޔަގީންކޮށްދީފައިވާއިރު، އެ މަގާމަށް ކުރިމަތިލެއްވުމަށް އާޒިމް ފޯމު ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެ މަގާމަށް ކުރިމަތިލުމަށް، އެމްޑީޕީގެ ފަރާތުން އެންމެ ފަހު ވަގުތެއްގެ ގޮތުގައި ކަނޑައެޅީ ހުކުރު ދުވަހުގެ ހަވީރު ހަތަރެކެވެ.

ބުރާސްފަތި ދުވަހު، ފޯމު ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެބޭފުޅާގެ މިޒާޖަކީ ކަމެއް ކުރަން ބޭނުންފުޅުވާނަމަ، ކުރާނެ އެއްހާސް ގޮތް ހޯއްދަވައިގެން އެކަމެއް ކުރެއްވުން ކަމަށެވެ. ކޮންމެ ކަމަކަށްވެސް ހައްލު އޮންނަކަމަށާއި، ކަމެއް ކުރަން ބޭނުންވާނަމަ އެމީހަކަށް އެކަމެއް ކުރެވޭނެކަމަށެވެ. އަދި ކިތަންމެ ދަތިކަމެއް ނަމަވެސް އެކަމަށް ހައްލު އޮންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މާލެއަކީ ރައްޔިތުންނަށް ދިިރިއުޅެން ދަތި ތަނެއް ކަމަށެވެ. އެގޮތުން މަގުތަކުގެ މައްސަލައާއި ޕާކުތައް އަޅައިނުލާ ދޫކޮށްލެވިފައި އޮތުމާއި، ކުނީގެ މައްސަލަތަކާއި، ކަނޑު އުޅަނދުފަހަރު ލެފުމަށާއި، އެއްގަމު އުޅަނދުފަހަރު ޕާކުކުރުމަށް ހުރި ދަތިތައް އާޒިމް ފާހަގަކުރެއްވިއެވެ. ރައްޔިތުންނަށް އެހެން މާލެއެއް ހޯއްދަވައިދެއްވާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުގެ ހުސްވެފައިވާ މަގާމުތަކުގެ ބައި އިލެކްޝަން ބޭއްވުމުގެ ތާރީޚެއް އަދި ކަނޑައަޅާފައި ނުވާއިރު، އެ އިންތިޚާބަށް ޕާޓީތަކުން ދަނީ ތައްޔާރު ވަމުންނެވެ. އެގޮތުން ޕީޕީއެމް-ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު، ޢާޒިމާ ޝަކޫރު ވެސް އެ ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރައްވަން ވަނީ ނިންމަފާވަ އެވެ.

- ކޮމެންޓް