ކ. މާލެ
|
1 ޑިސެންބަރ 2023 | ހުކުރު 12:20
ހުދުވެފައިވާ މުރަކަތެކެއް
ހުދުވެފައިވާ މުރަކަތެކެއް
އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމް
އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމުގެ ސްކޮލަރޝިޕް ފުރުސަތު ހުޅުވާލައިފި
 
މިއީ ދިވެހިންނަށް ހާއްސަ ސްކޮލަރޝިޕެއް
 
ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންގެ ޚަރަދުތައް ބަލަހައްޓާނީ ސްކޮލަރޝިޕް އިންތިޒާމްކުރާ ފަރާތުން
 
04 ޑިސެމްބަރ 2023 ގެ ކުރިން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެ

އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމް (އޯސީޕީޕީ) ގެ ދަށުން ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ބުރާސްފަތި ދުވަހު ބުނީ "އޯޝަން ކަންޓްރީ ޕަރޓްނަރޝިޕް ޕްރޮގްރާމް ސްކޮލަރޝިޕް މޯލްޑިވްސް" ގެ ދަށުން ޔުނިވަރސިޓީ އޮފް ދަ ސައުތު ޕެސިފިކްގައި ހިންގުމަށް ހަމަޖެހިފައިވާ މާސްޓަރސް އިން މެރިން ސައިންސް ޕްރޮގްރާމުގައި ރާއްޖޭގެ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުސަތު އޮތްކަމަށް އަންގާފައިވާ ކަމަށެވެ.

މި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ، ލިވިންގ އެލަވަންސް، ރިސާރޗް ސަޕޯޓް ގްރާންޓް، ޓްރެވަލް ގްރާންޓް އަދި ޑިޕެންޑެޓް، ޑިސްއެބިލިޓީ އެންޑް މެޓަރނިޓީ ކޯސްޓް ހަމަޖައްސާނީ ސްކޮލަރޝިޕް އިންތިޒާމްކުރާ ފަރާތުން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މި ސްކޮލަރޝިޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ޑިސެމްބަރ 2023 ގެ ކުރިން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

Advertisement

މި ސްކޮލަރޝިޕް ފުރުސަތަކީ ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި މެރިން ރިސޯސަސް މެނޭޖު ކުރުމާއި ތިމާވެއްޓަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭނެ ކަންކަމަށް އެހީވުމަށް ސައިންޓިފިކް ދިރާސާރައް ކުރުމަށް ބާރުއެޅުމުގެ ގޮތުން ހުޅުވާލާފައިވާ ފުރުސަތެކެވެ.

ސްކޮލަރޝިޕް ލިބޭ ދަރިވަރުން ކިޔަވާނީ ފީޖީގައެވެ. ނަމަވެސް ކޯހުގެ ފަހުކޮޅުގައި އަމިއްލަ ޤައުމުގައި ތިބެގެން ރިސަރޗް ހެދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ދަ އެސޯސިއޭޝަން އޮފް ކޮމަންވެލްތު ޔުނިވަރސިޓީސް އިން ވަނީ ބުނެފައެވެ.

ދިވެހިންނަށް ހާއްސަކޮށް ހުޅުވާލާފައިވާ މި ސްކޮލަރޝިޕަށް ކުރިމަތިލެވޭނީ ތިމާވެށީގެ ދާއިރާގައި ނުވަތަ މަސްވެރިކަމުގެ ދާއިރާގައި ނުވަތަ ކަނޑުގެ ދިރުންތަކާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތް ކުރާ، އަންޑަ ގްރެޖުއޭޓް ނުވަތަ ބެޗްލަރސް ޑިގްރީގެ ސަނަދެއް އޮތް ފަރާތްތަކަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯ އާއި ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރަން އެދިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް