ކ. މާލެ
|
30 ނޮވެންބަރ 2023 | ބުރާސްފަތި 21:36
ޝިފާގް މުފީދު
ޝިފާގް މުފީދު
ޓްވިޓަރ
ޝިފާގު މަގާމުން ވަކިކުވުން
އަބްދުއްރަހީމަށް ފާޑުވިދާޅުވުމަށްފަހު ޕީއެންސީގެ އެސްޖީކަމުން ޝިފާގު ވަކިވެވަޑައިގެންފި
 
އަބްދުއްރަހީމް ގެންގުޅެނީ މެންބަރުންގެ މޫނަށް ހައްޕުނޑު ބުރުވުމުގެ އުސޫލެއްކަމަށް ވިދާޅުވި

ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ އަށް ހުތުރުގޮތަކަށް ފާޑުވިދާޅުވުމަށްފަހު އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމުން ޝިފާގު މުފީދު އިސްތިއުފާ ދެއްވައިފިއެވެ.

ޝިފާޤު ވަކިވެވަޑަގަތްކަމުގެ ސިޓީ ފޮނުއްވާފައި ވަނީ ބުރާސްފަތި ދުވަހުއެވެ. ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އެޑްރެސްކުރައްވައި ޝިފާގް ފޮނުއްވި ސިޓީގައި ވަނީ ޕާޓީ ހިނގާ މަގަކީ "ހައްދުންމަތިން" އަންނަ މީހަކު ޕާޓީ އޮފީސް ތެރެއިން އަޑަފި ހިއްޕަވައި ނިކުންނަވައިގެން، ޕްރޮގްރެސިވް ކޮންގްރެސްގެ އެންމެ މެންބަރުންގެ މޫނަށް "ހައްޕުނޑު"ބުރުވުމުގެ ނޭއްގާނީ އުސޫލުން ކަމަށެވެ.

Advertisement

އެފަދަ ޙާލަތެއްގައި މެންބަރުންގެ މޫނުމަތި މާލީސްކޮށްގެންވެސް އެ މެންބަރުންގެ މާޔޫސްކަން ފިލުވައި ދިވެހީންގެ ރާއްޖެ، ދިވެހިން އެދޭ މަގަށް ގެންދެވޭނެ ކަމަށް ޤަބޫލުނުކުރެވޭ ކަމަށް ވިދާޅުވެ އޭނާ ވަނީ ޕާޓީގެ އެސްޖީގެ މަގާމާއި ޕާޓީގެ މެންބަރުކަމުން އިސްތިއުފާދެއްވާ ކަމަށް ވިދާޅުވެފައެވެ.

ޝިފާގު ޕީއެންސީން ވަކިވެވަޑައިގެން މިހާރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދާ ޕީއެންއެފްއާއި ގުޅިވަޑައިގެންފައެވެ.

Advertisement
ކޮމެންޓް