ކ. މާލެ
|
30 ނޮވެންބަރ 2023 | ބުރާސްފަތި 17:43
މާލެސީޓީގެ މޭޔަރުކަމަށް ކުރިމަތިލުމަށް އެމްޑީޕީ ޕްރައިމަރީގައި ފޯމް ހުށަހަޅުއްވަނީ
މާލެސީޓީގެ މޭޔަރުކަމަށް ކުރިމަތިލުމަށް އެމްޑީޕީ ޕްރައިމަރީގައި ފޯމް ހުށަހަޅުއްވަނީ
ރާއްޖެއެމްވީ
މާލެސިޓީގެ މޭޔަރުކަމަށް ކުރިމަތިލުން އާޒިމް
"ކަންތައްތައް ކުރަން ބޭނުންވާ މީހަކު ހޯދާނެ ކުރާނެ އެއްހާސް ގޮތް، ކަންތައްތައް ކުރަން ބޭނުންނުވާ މީހަކު ހޯދާނެ ނުކުރާނެ އެއްހާސް ގޮތްވެސް"
 
މޭޔަރުކަމަށް ހޮވިވަޑައިގެންފިނަމަ ރައްޔިތުންނާ ބައްދަލުކުރައްވައި، ކަންކަން ނިންމެވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާނަން
 
މާލެއަކީ ރައްޔިތުންނަށް ދިިރިއުޅެން ދަތި ތަނެއް

ކަންތައްތައް ކުރަން ބޭނުންވާ މީހަކު ކުރާނެ އެއްހާސް ގޮތް ހޯދާނެކަމަށާއި، ކަންތައްތައް ކުރަން ބޭނުންނުވާ މީހަކު ނުކުރާނެ އެއްހާސް ގޮތް ހޯދާނެ ކަމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ މާލެސިޓީގެ މޭޔަރު ކަމަށް ކުރިމަތިލުމަށް އެމްޑީޕީ ޕްރައިމަރީގައި ފޯމް ހުށަހަޅުއްވަމުންނެވެ. ބުރާސްފަތި ދުވަހު އެމްޑީޕީ އޮފީހުގައި އޮތް ހަރަކާތުގައި، އާޒިމްގެ ފޯމާ ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގެ ޗެއާޕަރސަން ފައްޔާޒު އިސްމާއީލެވެ.

ފޯމް ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، އެބޭފުޅާގެ މިޒާޖަކީ ކަމެއް ކުރަން ބޭނުންފުޅުވާނަމަ، ކުރާނެ އެއްހާސް ގޮތް ހޯއްދަވައިގެން އެކަމެއް ކުރެއްވުން ކަމަށެވެ. ކޮންމެ ކަމަކަށްވެސް ހައްލު އޮންނަކަމަށާއި، ކަމެއް ކުރަން ބޭނުންވާނަމަ އެމީހަކަށް އެކަމެއް ކުރެވޭނެކަމަށެވެ. އަދި ކިތަންމެ ދަތިކަމެއް ނަމަވެސް އެކަމަށް ހައްލު އޮންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލެއަކީ ރައްޔިތުންނަށް ދިިރިއުޅެން ދަތި ތަނަކަށް ވެފައިވާކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މަގުތަކުގެ މައްސަލައާއި ޕާކުތައް އަޅައިނުލާ ދޫކޮށްލެވިފައި އޮތުމާއި، ކުނީގެ މައްސަލަތަކާއި، ކަނޑު އުޅަނދުފަހަރު ލެފުމަށާއި، އެއްގަމު އުޅަނދުފަހަރު ޕާކުކުރުމަށް ހުރި ދަތިތައް އާޒިމް ފާހަގަކުރެއްވިއެވެ. ރައްޔިތުންނަށް އެހެން މާލެއެއް ހޯއްދަވައިދެއްވާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

Advertisement

އާޒިމް އިތުރަށް ވިދާޅުވީ، މޭޔަރުކަމަށް ހޮވިވަޑައިގެންފިނަމަ ރައްޔިތުންނާ ބައްދަލުކުރައްވައި، ކަންކަން ނިންމެވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށެވެ. އަދި މަސައްކަތްތައް ކުރިއަށްދާގޮތާއި، މަސައްކަތެއް ލަސްވާނަމަ އެކަމުގެ ތަފްސީލުވެސް ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށެވެ.

އާދަމް އާޒިމަކީ ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖެ ދުށް އެންމެ ގާބިލު، އަދި ގިނަ ރައްޔިތުންތަކެއްގެ ލޯތްބާއި އިހުތިރާމު ލިބިވަޑައިގެންފައިވާ، އަދި ޚާއްސަކޮށް ކަންކަންކުރާ، ކެރޭ، އަދި ކަންކަން ކުރުމުގެ ވައްޓަފާޅި ހުރި ބޭފުޅެއްގެގޮތުގައި ގިނަބަޔަކު ސިފަކުރައްވާ ބޭފުޅެކެވެ.

މާލޭ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، ޑރ. މުހައްމަދު މުއިއްޒު، ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށްޓަކައި މި މަހު 17ގައި އިސްތިއުފާ ދެއްވުމުންނެވެ. މޭޔަރުގެ ގޮނޑިއަށް އާ ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ ޖެނުއަރީ މަހު 13ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ނިންމާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މާލޭގައި ކާބޯތަކެތި ހަދާ ތަންތަނުގެ ތެރެއިން އަންހައިޖީނިކް ގިނަ ތަންތަން ފާހަގަކުރެވިފައިވޭ، ފިޔަވަޅު އަޅަން ވަނީ ނިންމާފައި
ކައުންސިލްތަކަށް ބިރު ދައްކާތީ، އެޓޯލްސް މިނިސްޓްރީ އުވާލުމަށް އެމްޑީޕީން ގޮވާލައިފި
މިހާރު އޮތް ވެރިކަމާއެކު މިއަދުގެ ހާލަތަކީ ބިރުން ފިތްކަނޑައިގެންދާ ހާލަތެއް - އާޒިމް
މާލެ ސަރަހައްދުގައި އަނދިރިކޮށް ހުރި ތަންތަން ދިއްލުމުގެ މަސައްކަތް ފަށައިފި
ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތްކުރެވެމުން އެބަދޭ: އާޒިމް
ކެޓް ޝެލްޓަރ ގާއިމްކުރުން: ''ރޯދަމަސް ނިމެންވާއިރަށް ބޮޑުބައެއްގެ މަސައްކަތް ނިމޭނެކަމުގެ އުންމީދު އެބައޮތް''
ގުޅިފަޅު، އުތުރުތިލަފަޅު، ގިރާވަރުފަޅު އަދި ހުޅުމާލެ ފޭސް3 މާލޭގެ އިހްތިސާސްގެ ތެރޭގައި ހިމަނާދެއްވުމަށް އާޒިމް އަނެއްކާވެސް ރައީސްގެ އަރިހުން އެދިވަޑައިގަންނަވައިފި
މާލެ ސިޓީގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން: މޭޔަރު އާޒިމް