ކ. މާލެ
|
30 ނޮވެންބަރ 2023 | ބުރާސްފަތި 11:55
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑު
ވަކި ކުޅުންތެރިޔަކު ގޯސް ކުރުމެއް ނެތް: ޓެން ހާގް
އޭނާ ބުނީ މެޗުގައި ޔުނައިޓެޑުގެ ކުޅުންތެރިންގެ ފަރާތުން އޭނާ ބޭނުންވި ކަހަލަ ކުޅުމެއް ފެނުނު ކަމަށް

ވަކި ކުޅުންތެރިޔަކު ގޯސް ކުރުމެއް ނެތް ކަމަށް، މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

އޭނާ މިހެން ބުނީ، ޔުއެފާ ޗެމްޕިއަންސް ލީގު ގުރޫޕު ސްޓޭޖުގައި ގަަލަސަަތަރާއިއާ އެއްވަރުވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. މެޗު އެއްވަރުވީ ޔުނައިޓެޑުން ލީޑު ނަގާފައި ވަނިކޮށް، ގަަލަސަަތަރާއި އިން ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކުރުމުންނެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، އޭނާ އަށް މެޗުން ވަރަށް ގިނަ ރަނގަޅު ކަންކަން ފެނުނު ކަމަށެވެ. އޭނާ ބުނީ މެޗުގައި ޔުނައިޓެޑުގެ ކުޅުންތެރިންގެ ފަރާތުން އޭނާ ބޭނުންވި ކަހަލަ ކުޅުމެއް ފެނުނު ކަމަށެވެ. އެހެންކަމުން، އެކަމާ އުފާވާކަން ފާހަގަކޮށް ޓެން ހާގް ބުނީ، ޔުނައިޓެޑުގައި ތިބީ ހިތްވަރު ގަދަ މޮޅު ކުޅުންތެރިން ކަމަށެވެ. އޭނާ ބުނީ މެޗު އެއްވަރުވީ ނަމަވެސް، ޔުނައިޓެޑުގެ ކުޅުންތެރިން އެންމެ ފަހު ވަގުތާ ޖެހެންދެން ހިތްވަރާއެކު މަސައްކަތް ކޮށްފައިވާ ކަމަށެވެ. އޭނާ ބުނީ މެޗުން މޮޅުވެވޭ ކަހަލަ ފުރުސަތުތައް ކުޅުންތެރިންނަށް ލިބުނު ކަމަށެވެ. ނަމަވެސް، މެޗު ރަނގަޅަށް މެނޭޖު ނުކުރެވުން ކަމަށާއި، އެކަމާ މާޔޫސްވާ ކަމަށް ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، ފުޓުބޯޅަ އަކީ އެންމެ މީހަކަށް ނިސްބަތްވާ ކުޅިވަރެއް ނޫން ކަމަށެވެ. ގިނަ ބަޔަކު އެކުވެގެން ކުރާ މަސައްކަތުން ތަފާތު ދައްކާނެ ކަމަށާއި، ނަތީޖާ ވެސް ނުކުންނާނެ ކަމަށް އޭނާ ދެކެ އެވެ. ޔުނައިޓެޑަކީ ރަނގަޅު ޓީމެއްކަމަށާއި، މެޗުގެ ނަތީޖާ އެންމެ ކުޅުންތެރިޔަކާ ނުބެއްސޭނެ ކަމަށް ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ. ޔުނައިޓެޑުގެ ސްކޮޑުގައި ތިބީ އެންމެ ހުނަރުވެރި ކުޅުންތެރިން ކަމަށާއި، އެ ކުޅުންތެރިންނާއެކު ކުރިއަށް ދެވޭނެ ކަމަށް ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ.

ގަލަސަތަރާއި އަތުން އެއްވަރުވުމާއެކު، ޗެމްޕިއަންސް ލީގުގެ އަނެއް ބުރަށް ދިޔުމަށް ޔުނައިޓެޑަށް ވަނީ އަމިއްލަ ބާރު ގެއްލިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް