ކ. މާލެ
|
30 ނޮވެންބަރ 2023 | ބުރާސްފަތި 05:26
ފްރާންސްގައި ކުރިއަށް ގެންދިޔަ އައިއޯސީގެ ބައްދަލުވުމުގެ ތެރެއިން
ފްރާންސްގައި ކުރިއަށް ގެންދިޔަ އައިއޯސީގެ ބައްދަލުވުމުގެ ތެރެއިން
ރޮއިޓާސް
އައިއޯސީ
އައިއޯސީގެ ބައްދަލުވުމެއް ޕެރިހުގައި
 
ތިން ދުވަހަށް މި ބައްދަލުވުންތައް ކުރިއަށް ގެންދަން ނިންމާފައިވާއިރު، ބުދަ ދުވަހު ބާއްވާފައި ވަނީ ފުރަތަމަ ބައްދަލުވުން

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ (އައިއޯސީ)ގެ ބައްދަލުވުމެއް ފްރާންސްގެ ވެރި ރަށް ޕެރިހުގައި ބާއްވައިފި އެވެ.

މިއީ އަންނަ އަހަރު ފްރާންސްގައި އޮންނަ އޮލިމްޕިކްސް ގޭމްސްއާ ގުޅިގެން އައިއޯސީން ބޭއްވި ބައްދަލުވުމެކެވެ. ތިން ދުވަހަށް މި ބައްދަލުވުންތައް ކުރިއަށް ގެންދަން ނިންމާފައިވާއިރު، ބުދަ ދުވަހު ބާއްވާފައި ވަނީ ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުންތަކުގައި އައިއޯސީގެ ރައީސް ތޯމަސް ބެކް ބައިވެރިވެ ވަޑައިގަންނަވާއިރު، ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓަވަނީ ވެސް އޭނާ އެވެ. މި ބައްދަލުވުންތަކުގައި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، މުބާރާތް ހިންގާ ކޮމެޓީން ކުރަމުން އަންނަ މަސައްކަތްތައް ދިރާސާ ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން އޮލިމްޕިކް ކުރިއަށްދާ ވަގުތުތަކުގައި ހިނގާނެ ކަންކަމާއި ގުޅޭ ގޮތުން ވެސް މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ. ހަމައެހެންމެ، އައިއޯސީގެ ކޮމިޝަންތަކާއި، އައިއޯސީގެ އިދާރީ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް މެންބަރުން މަޝްވަރާ ކުރާނެ އެވެ. އެއަށްފަހު، ހުކުރު ދުވަހު ޕެރިސް އޮލިމްޕިކް ވިލެޖަށް އައިއޯސީގެ ހިންގާ ކޮމެޓީގެ މެމްބަރުން ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އަންނަ އަހަރު ޕެރިހުގައި އޮލިމްޕިކްސް ބޭއްވުމަށް ތާވަލްކޮށްފައި ވަނީ ޖުލައި 26 އިން އޯގަސްޓު 11 އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް