ކ. މާލެ
|
11 އޯގަސްޓް 2024 | އާދީއްތަ 08:47
ކްވޭސީ ބްރައުނޭ ވެއްޓިފައި
ކްވޭސީ ބްރައުނޭ ވެއްޓިފައި
ޑެއިލީ މެއިލް
އޮލިމްޕިކްސް
ދުއްވުންތެރިއަކަށް ބޮޑު އަނިޔާއެއް، ސައިކްލިން އިވެންޓް ހުއްޓާލައިފި
ދުއްވުންތެރިއަކަށް ބޮޑު އަނިޔާއެއްވެ، އަށިގަނޑުގައި ހޮސްޕިޓަލަށް ގެންދަން ޖެހުމުން އޮލިމްޕިކް ސައިކްލިން އިވެންޓް ހުއްޓާލައިފި އެވެ.

ދުއްވުންތެރިއަކަށް ބޮޑު އަނިޔާއެއްވެ، އަށިގަނޑުގައި ހޮސްޕިޓަލަށް ގެންދަން ޖެހުމުން އޮލިމްޕިކް ސައިކްލިން އިވެންޓް ހުއްޓާލައިފި އެވެ.

ހޮނިހިރު ދުވަހު ހަވީރު އޮތް ހަތަރު ވަނަ ހީޓުގެ އެންމެ ފަހު ބުރުގައި ރޭސް ނިންމަން ބާރު ސްޕީޑްގައި ދުއްވަނިކޮށް ވެއްޓި ކަރަށް އަނިޔާވީ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ދުއްވުންތެރިޔާ ކްވޭސީ ބްރައުނޭ އަށެވެ.  

އޭނާ އަށް އަނިޔާވެ، ރޭމްޕް މައްޗަށް ވެއްޓުމާއެކު ރޭސް ވަގުތުން ހުއްޓާލި އެވެ. އަދި ވަގުތުން ބްރައުނޭ އަށް ފަރުވާދޭން ފެށި އެވެ. އަނިޔާވީ އޭނާގެ ކަރަށެވެ. އެއަށްފަހު އަށިގަނޑުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކަރުގައި އެނބުރުނަ ނުދިނުމަށް ރައްކާތެރި ގާޑެއް އަޅުވައިގެންނެވެ.

ކްވޭސީ ބްރައުނޭ ވެއްޓެމުންދާއިރު ރޭހުގެ ބައިވެރިއަކު ދުއްވަނީ - ޑެއިލީ މެއިލް
ކްވޭސީ ބްރައުނޭ ވެއްޓިފައި، ރޭސް ވަނީ ވަގުތުން ހުއްޓާލާފައި - ޑެއިލީ މެއިލް

ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ސަޕޯޓަރުންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާގެ އަންގި ބްރައުނޭ އަމިއްލަ އަށް ބޭލިތަން ފެނުމާއި، އަތުގެ އިޝާރާތުން ހާލު ރަނގަޅު ކަމަށް އޭނާ އިޝާރާތްކުރުމެވެ. ނަމަވެސް ފްރާންސްގެ މީޑިއާތަކުން ބުނަނީ ބްރައުނޭ އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި މިކަން މުޅިން ކަށަވަރުވާނީ ހޮސްޕިޓަލުގައި ހަދާ ޓެސްޓްތަކަށްފަހު ކަމަށެވެ.

ކްވޭސީ ބްރައުނޭ އަށް މެޑިކަލް ޓީމުން ފަރުވާދެނީ - ޑެއިލީ މެއިލް
ކަރުގައި ގާޑް އަޅުވައިގެން ކްވޭސީ ބްރައުނޭ އަޑިގަނޑުގައި ހޮސްޕިޓަކަށް ގެންދަނީ - ޑެއިލީ މެއިލް

ސައިކްލިންގެ މި އިވެންޓް ކުރިއަށް ގެންދާނެކަން އަދި މުޅިން ޔަގީނެއްނޫނެވެ.

ފްރާންސްގައި މާދަމާ ނިމޭ އޮލިމްޕިކްސްގެ ދުވުމުގެ އިވެންޓެއްގައި ދުވުންތެރިއަކު ވެއްޓި އަނިޔާވިއިރު ފަރުދޭން ކޯޓުމަތީގައި އޭނާ ބާއްވާފައި ރޭސް ވަނީ ކުރިއަށް ގެންގޮސް ވަނީ ނިންމާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް