ކ. މާލެ
|
29 ނޮވެންބަރ 2023 | ބުދަ 06:09
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތުރުކީވިލާތުގެ މިނިސްޓަރ އޮފް ޓްރެޜަރީ އެންޑް ފިނޭންސް، އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތުރުކީވިލާތުގެ މިނިސްޓަރ އޮފް ޓްރެޜަރީ އެންޑް ފިނޭންސް، އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން
ރައީސް އޮފީސް
ރައީސްގެ ތުރުކީ ދަތުރުފުޅު
ރައީސްގެ އަރިހަށް ތުރުކީވިލާތުގެ މިނިސްޓަރ އޮފް ޓްރެޜަރީ އެންޑް ފިނޭންސް، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
 
ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް ވަރުގަދަކުރުމަށް ރައީސް ގެންގުޅުވާ ވިސްނުންފުޅު ހިއްސާ ކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ތުރުކީވިލާތުގެ މިނިސްޓަރ އޮފް ޓްރެޜަރީ އެންޑް ފިނޭންސް މެހްމެތް ސިމްސެކް އަންގާރަ ދުވަހު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އަންކާރާގެ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައެވެ. މި ބައްދަލުކުރެއްވުމުގައި ތުރުކީވިލާތުގެ މިނިސްޓަރ އޮފް ޓްރެޜަރީ އެންޑް ފިނޭންސް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމުން މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް ވަރުގަދަކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅު، ތުރުކީވިލާތުގެ މިނިސްޓަރއާ ޙިއްޞާކުރެއްވިއެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް އަވަހަށް ނިންމެވުމާއި، ވައިގެ އުދުހުންތައް އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، ތަޢުލީމީ ދާއިރާ އަދި ދަތުރުފަތުރުކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ދެ ޤައުމުގެ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. ދިވެހިރާއްޖެއާ ތުރުކީވިލާތާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 28 މެއި 1979ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް