ކ. މާލެ
|
28 ނޮވެންބަރ 2023 | އަންގާރަ 08:56
ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ފާސްކޮށްފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުން
ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ފާސްކޮށްފައިވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުން
ޕަބްލިކް އިންކިއުރީއެއް ހެދުން
އެމްޑީޕީ ސަރުކާރާ ގުޅުވައިގެން ދެއްކި ވާހަކަތަކުގެ ޕަބްލިކް އިންކުއަރީއެއް ހިންގުމާއި ގުޅޭ ގަރާރު މަޖިލީހަށް
 
ދިވެހިރާއްޖޭގެ ސަލަމާތާއި މިނިވަންކަމާއި އިސްތިޤްލާލަށް އުނިކަމެތް ނުވަތަ އަސަރެއް ކޮށްފައިވާ އެއްވެސް އަމަލެއް ހިންގާފައިވޭތޯ ބެލުމަށް ގަރާރުގައި ބުނެފައިވޭ
 
ރާއްޖެއަށް ގެއްލުންވާ ގޮތަށް ޗާގޯސްގެ މައްސަލަ ނިންމާފައިވާކަމަށް ބުނާ މައްސަލަވެސް ބަލައިދިނުމަށް އެދިފައިވޭ
 
އެތައްހާސް އިންޑިއާ ސިފައިން ތިބިކަމަށް ބުނާ މައްސަލަ ބަލައިދިނުމަށް ގަރާރުގައި ބުނެފައިވޭ

އެމްޑީޕީ ސަރުކާރާއި ގުޅުވައިގެން އިދިކޮޅުން ދައްކަމުންދިޔަ ވާހަކަތަކުގެ ޕަބްލިކު އިންކުއަރީއެއް ހެދުމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގައި އެދުމަށް އެ ޕާޓީން ގައުމީ މަޖިލީހުން ފާސްކުރި މައްސަލައިގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ނިމިދިޔަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމީ ސަލާމަށް އަސަރުކޮސްފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަގީގަތް ދެނެގަނެ ރައްޔިތުންނަށް ހާމަކުރުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް ހުށަހަޅާ ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީއެވެ.

މި ގަރާރުގައި ބުނެފައިވަނީ ނިމިދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށާއި ސިޔާދަތަށް އަސަރުކޮށްފައިވާ ކަމަށް އެކި ފަރާތްތަކުން ކޮށްފައިވާ ތުހުމަތުތަކުގެ ސަބަބުން ދިވެހިރައްޔިތުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ތެދު ހަޤީގަތް ހާމަކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން ގޮވާލަމުންދާ ކަމަށެވެ.

އަދި ނިމިދިޔަ ސަރުކާރުން ދިވެހިރާއްޖޭގެ ސަލަމާތާއި މިނިވަންކަމާއި އިސްތިޤްލާލަށް އުނިކަމެތް ނުވަތަ އަސަރެއް ކޮށްފައިވާ އެއްވެސް އަމަލެއް ހިންގާފައިވޭތޯ ނުވަތަ އެފަދަ އެއްވެސް ސިޔާސަތެއް ތަންފީޛުކޮށްފައިވޭތޯ ދެނެގަނެ، އެކަމުގެ ތެދު ހަޤީގަތް ދިވެހި ރައްޔިތުންނަށް ހާމަކުރުމަކީ ދިވެހިރާއްޖޭގެ ހަމަޖެހުމަށާއި ދިވެހިރާއްޖޭގެ މަސްލަހަތު ބައިނަލްއަޤުވާމީ ދުނިޔޭގައި ހިމާޔަތްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް މަޖިލީހަށް ގަބޫލުކުރެވޭ ކަމަށެވެ.

އެހެންކަމުން ނިމިދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގައި އެތައްހާސް އިންޑިއާ ސިފައިން ހަތިޔާރާއެކު ބައިތިއްބައިގެން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ނަގާލުމަށް ސަރުކާރުން މަސައްކަތްކޮށްފައި ވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަޤީގަތް ހާމަކޮށް، ދިވެހިރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮންނަ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ އިން ކަނޑައެޅި މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖެއަށް ގެންލުންވާގޮތަށްކަމަށް ބުނެފައިވާ މައްސަލައާއި، އެފަދައިން އެކަން ހިނގާފައިވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ފަރާތުން ގަސްތުގައި ނުކޮށް ދޫކޮށްލި ކަންތައްތަކަކާއި، ގަސްތުގައި ދިވެހި ގައުމަށް ގެއްލުންވާގޮތަށް އަޅާފައިވާ ފިޔަވަޅުތަކެއްގެ ސަބަބުންކަމާއި، އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް އެއިރުގެ ސަރުކާރުން ވިއްކާލާފައިވާކަމަށް ބުނެ ކޮށްފައިވާ ތުހުމަތުތަކުގެ ހަޤީގަތް ބަލައި، މި ކަންކަމުގެ ތެދު ދޮގު ދެނެގަނެ ރައްޔިތުންނަށް ހާމަކޮށްދިނުމުގެ ގޮތުން ޕަބްލިކް އިންކުއަރީއެއް ހިންގުމަށް އެ ޕާޓީގެ ޤައުމީ މަޖިލީހުން އިގްރާރުވުމަށެވެ.

ކޮމެންޓް
28 ނޮވެންބަރ 2023 | އަންގާރަ 16:17
ރަނިއްޔާ
ތި ކަންތަށް ބެލުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ދެކެން އެއީ ރައީސް ސާލިހުގެ އިސްތަށި ފުޅުގައި އެތަށް ބަދުނާމް ތަކެއް ަޅުވަިފައި ވާ ކަމަކަށް ވާތީ
ގުޅުންހުރި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި
20 ވަނަ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ މެންބަރުންނާ ރައީސް ޞާލިހު ބައްދަލުކުރައްވައިފި
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި