ކ. މާލެ
|
27 ނޮވެންބަރ 2023 | ހޯމަ 22:35
ހަމަލާތަކާ ގުޅިގެން ގެދޮރު ދޫކޮށް ޣައްޒާގެ ރައްޔިތުން ދަނީ
ހަމަލާތަކާ ގުޅިގެން ގެދޮރު ދޫކޮށް ޣައްޒާގެ ރައްޔިތުން ދަނީ
ރޮއިޓާސް
ހަމަލާ ބަދަލުކުރުން ހުއްޓާލުން
ހަމަލާދިނުން ހުއްޓާލުމަށް ވީ އެއްބަސްވުމުގެ މުއްދަތަށް ދެ ދުވަސް އިތުރުކުރަނީ
ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކުރީ ކުރިންވެސް އެއްބަސްވެފައިވާ ޝަރުތުތަކާއެކު

އިސްރާއީލާ ޣައްޒާއާ ދެމެދު ހަމަލާދިނުން ހުއްޓާލުމަށް ވީ އެއްބަސްވުމުގެ މުއްދަތަށް ދެ ދުވަސް އިތުރުކުރުމަށް އެއްބަސްވެއްޖެއެވެ.

ގަތަރުގެ ޚާރިޖީ ވަޒީރާ ހަވާލާދީ ރޮއިޓަރސްއިން ބުނެފައިވަނީ، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު، ހޯމަ ދުވަހު އިތުރު ދެ ދުވަހަށް އިތުރުކޮށްފައި ވާކަމަށެވެ.

ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު، ސޯޝަލް މީޑިއާ ޕްލެޓްފޯމް، އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މުއްދަތަށް ދެ ދުވަސް އިތުރުކުރުމާމެދު އެއްބަސްވުމަކަށް އައިސްފައިވާކަމަށެވެ.

ހަމާސްއިން ވެސް ބުނެފައިވަނީ ދެ ދުވަހަށް ސުލްހައިގެ މުއްދަތު އިތުރު ކުރުމަށް އެއްބަސްވެފައި ވާކަމަށާއި އެ ގައުމުން ދެ ފަރާތުގެ މެދުގައި ނުސީދާ މަޝްވަރާތަކަށް މަގުފަހިކޮށްދެމުން އަންނަ ކަމަށެވެ. ނަމަވެސް އިސްރާއީލުން އަދި މިކަމާ ގުޅިގެން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ހަމާސްއިން ރޮއިޓަރސްއަށް މައުލޫމާތު ދީފައިވަނީ، ގަތަރާއި މިސްރުގައި ތިބި ފަރާތްތަކާއެކު އެއްބަސްވުމަކަށް އައިސްފައިވަނީ، ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމުގެ މުއްދަތަށް ދެ ދުވަސް އިތުރުކޮށް، ކުރިން އެއްބަސްވެފައިވާ ޝަރުތުތަކާ އެއްގޮތަށް ކުރިއަށް ދިއުމަށްކަމަށެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް މީގެ ކުރިން ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ހޯމަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް