ކ. މާލެ
|
26 ނޮވެންބަރ 2023 | އާދީއްތަ 11:57
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
މިހާރު
މަރުގެ އިންޒާރު ދިނުން
މަންމައަށް މަރުގެ އިންޒާރު ދިން މީހަކު 15 ދުވަހަށް ބަންދު
 
ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން އެކަށީގެންވާ ހެކިޤަރީނާ ހުށަހަޅައިފައިވޭ
 
އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 10 ޑިސެމްބަރު 2023 ގައި

މަރުގެ އިންޒާރު ދިނުމުގެ ކުށުގެ ތުހުމަތުގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 10 ޑިސެމްބަރު 2023 ގައެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނ މަރުގެ އިންޒާރު ދިނުމުގެ ކުށުގެ ތުހުމަތެވެ.

އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމަރުކުރީ ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން އެކަށީގެންވާ ހެކިޤަރީނާ ހުށަހަޅައިފައިވުމުންނެވެެ. އެގޮތުން މައްސަލަ ހުށައަޅާ ފަރާތުން ދީފައިވާ ބަޔާނާއި، ހެކިންގެ ބަޔާންތަކާއި، ސީނަށް ދިޔަ ފުލުހުންގެ ބަޔާންވެސް ހުށައަޅާފައިވެއެވެ.

އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރި ހާލަތުގެ ގޮތުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ގާނޫނު ނަންބަރު 12/2016 ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ މާއްދާތަަކަކަށް އަލިއަޅުވާލާފައިވެއެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މަރުގެ އިންޒާރު ދީފައިވަނީ އޭނާގެ އަމިއްލަ މަންމައަށާއި، އެއްބަނޑު އެއްބަފާ ކޮއްކޮގެ ފިރިމީހާއަށްކަންވެސް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ވުމާއެކު، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތްކަންވެސް ކޯޓު އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ފަރާތަކީ ކުށުގެ ރެކޯޑުވެސް އޮންނަ ފަރާތެކެވެ.

ކްރިމިނަލް ކޯޓުގައި މި އަމުުރު ނެރުއްވީ ގާޒީ އާމިނަތު އަޒްލިފާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް