ކ. މާލެ
|
24 ނޮވެންބަރ 2023 | ހުކުރު 13:14
މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ
މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ
ވަޒީރުންނަށް ރުހުން ދިނުން
ވަޒީރުންގެ ތެރޭގައި ރުހުން ނެތް މީހުން އެބަތިބި، ރުހުން ނުދޭން އެމްޑީޕީ ޕީޖީ އަށް އެއްބަސްވެވޭނެ ބަޔަކު ތިބޭނެކަން ޔަގީން - ރާއީ
 
ބައެއް ވަޒީރުންނަށް މެންބަރުންގެ ރުހުން ނެތްކަމަށް ރާއީ ވިދާޅުވި
 
ޔާމީނަށް މުއިއްޒުގެ ތަގްރީރުގައި ޝުކުރު އަދާކުރައްވާފައި ނުވާތީ އެކަމާމެދު ރާއީ ސުވާލު އުފެއްދެވި
 
މުއިއްޒުގެ ތަގުރީރުގައި ފަލަސްތީނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި މެދު ވާހަކަފުޅު ނުދެއްކެވުމުން ކަންބޮޑުވުން ފާޅުކުރެއްވި

މިހާރު ރުހުން ހޯދުމަށް މަޖިލީހަށް ނަން ފޮނުވާފައިވާ ވަޒީރުންގެ ތެރޭގައި ރުހުން ނުދޭން އެމްޑީޕީގެ ޕީޖީ ގްރޫޕަށް އެއްބަސްވެވޭނެ ބަޔަކު ތިބޭނެކަން ޔަގީންވެވަޑައިގަންނަވާ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ރާއީ ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް އައްޔަންކުރުމަށް 22 ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް ފޮނުވާފައިވާއިރު އޭގެ ތެރޭގައި މެންބަރުންގެ ރުހުން ނެތް ބަޔަކު ތިބިކަން ކަށަވަރުވާ ކަަމަށެވެ. ވެރިކަމަށް ހަފްތާއެއްވެސް ނުވަނީސް ސަރުކާރުގެ ޢަމަލުތައް ހުރިގޮތުން ސަރުކާރަށް ފާޑުކިޔުން އަމާޒުވާން ފަށާފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

22 ބޭފުޅެއްގެ ނަންފުޅު ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރަން ރުހުން ހޯދަން ފޮނުވާފައިވާއިރު އޭގެ ތެރޭގައި މަޖިލީހުގައި މެންބަރުންގެ ގޮތުގައި ކުރިން ތިއްބެވި 4 ބޭފުޅުން ހިމެނޭކަން ރާއި ފާހަަގަކުރެއްވިއެވެ. އެ ބޭފުޅުންނަކީ މެންބަރުކަމުގައި ތިއްބެވިއިރު ވެސް ޤާނޫނީ ހުވައެއް ކުރައްވައިގެން ތިއްބެވި ބައެއް ކަމަށް ވާއިރު އެ ހުވާގެ މަތީގައި ތިއްބަވާ ދޮގު ވާހަކަތައް ދެއްކެވިކަން ރައްޔިތުންނަށް މިހާރު ސާފުވަމުންދާ ބައެއް ކަމަށް މެންބަރު ރާއި ވިދާޅުވިއެވެ. އެހެންވީމަ އަނެއްކާވެސް އިތުރު ދޮގު ހުވައެއް ކުރަން އެ ބޭފުޅުންނަށް ފުރުސަތު ދޭންވީތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

މެންބަރު ރާއީގެ ވާހަކަަފުޅުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ޝުކުރުގެ ލިސްޓުގައި ގެނެސްފައި ނުވަނީ އެކަމުގެ ސަބަބުން މުއިއްޒުގެ ހައިބަތު ގެއްލިދާނެ ކަމަކަށް ވުމުންކަމަށް ވިދާޅުވިއެވެ. އަދި އެގޮތަށް އެކަން ކުރެއްވީ މުއިއްޒުގެ އަރިސް ބޭފުޅަކު އެގޮތަށް ލަފާއެރުވުމުން ކަމަށް ވެސް މެންބަރު ރާއީ ވިދާޅުވިއެވެ.

މެންބަރު ރާއީ އިތުރަށް ވިދާޅުވީ މުއިއްޒުގެ ތަގުރީރުގައި ފަލަސްތީނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި މެދު ވާހަކަފުޅު ނުދެއްކެވުމުން އެކަމާމެދު ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެ ރަސްމިއްޔާތުގައި އެމްޑީޕީގެ މެންބަރުންނާއި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުން ބައިވެރިވެވަޑައިގަތީ އިޚުތިރާމް އަދާކުރުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އޭގެ ބަދަލުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި އެމްޑީޕީއާ މެދު އަމަލުކުރީ އިޙުތިރާމް ކުޑަގޮތަކަށް ކަމަށް ވެސް އެމްޑީޕީގެ ޤައުމީ މަޖިލީހުގައި މެންބަރު ރާއީ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް