ކ. މާލެ
|
23 ނޮވެންބަރ 2023 | ބުރާސްފަތި 17:44
ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު، އަލްހާން ފަހުމީ
ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު، އަލްހާން ފަހުމީ
ޓްވިޓަރ
ޕޮންޒީ ސްކީމްގެ މައްސަލަ
ޕޮންޒީ ސްކީމާ ގުޅިގެން، އަލްހާނާއި އިތުރު ދެ މީހެއްގެ މައްޗަށް ޓެކުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް އެދިއްޖެ
 
މި މައްސަލައާ ގުޅިގެން މިހާތަނަށް ޖުމްލަ 39 ދައުވާ އުފުލާފައިވޭ

ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާގޮތަށް، ޕޮންޒީ ސްކީމަކާ އެއްގޮތްވާ ގޮތަށް މުއާމަލާތުތަކެއް ހިންގަމުން ދިޔަކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާއި އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީގެ އިތުރުން ޝަޒްބާން ފަހުމީގެ މައްޗަށް 13 ދައުވާއެއް ކޮށްދިނުމަށް އެދިއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، އެ ތިން މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ 23 ނޮވެމްބަރުގައި ކަމަށެވެ. އަލްހާންގެ އިތުރުން އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީއާއި ޝަޒްބާން ފަހުމީ، އަދި ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ކޮންމެ މީހެއްގެ މައްޗަށް ޓެކުމުގެ ކުށުގެ 13 (ތޭރަ) ދައުވާއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް ޖުމްލަ 39 (ތިރީސް ނުވައެއް) ދައުވާ އުފުލާފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި ދައުވާތައް ކޮށްފައިވާ ސަބަބަކީ، އަލްހާން ފަހުމީއާއި، ޝަހުބާން ފަހުމީއާއި، ޝަޒްބާން ފަހުމީގެ އާއިލީ ކުންފުންޏެއްކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިވްސް ޕވޓ ލޓޑ.ން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެކަމަށް ދައްކައިގެން، އެކި މީހުންގެ އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށްފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީ އޮޅުވާލައިގެން ފައިސާ ޓެކުމުންނެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށްފައިވާ ސްކީމަށް އެކި މީހުން 98 (ނުވަދިހަ އަށެއް) މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓްކޮށްފައި ވެއެވެ. މި މައްސަލާގައި ދައުވާކޮށްފައިވަނީ އޭގެ ތެރެއިން 13 (ތޭރަ) މީހުންގެ ބައިގައި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި ސްކީމާ ގުޅިގެން އިތުރު ބައިތައް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަމުންދާ ކަމަށާއި، އެ ބައިތަކުގެ ތަހުގީގު ނިންމައި އެ އޮފީހަށް ހުށަހެޅުމުން، އެ ބައިތައް ދިރާސާކުރުމަށްފަހު، އެ މައްސަލާގައި އިތުރު ދައުވާތައް ކުރުމާމެދު ޕީޖީ އޮފީހުން ގޮތެއް ނިންމާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް